Tuesday, April 14, 2009

މަޖްލީހުގެ ގޮނޑި ހޫނުކުރުމަށް ހަމީދު



މިހާރުއެކުލެވިފަައިވާ ރަައްޔިތުންގެ މަޖްލީހުގައި ރަައީސުލް ޖުމްހޫރިއްޔާގެ މެމްބަރުކަން ގައުމީ އިއްތިހާދުގެ ފަރާތުން ފުރުއްވަމުންގެންދަވާ އަހުމަދު ހަމީދު މަަޖްލީހުގެ ރައީސް ގެ ގޮނޑިއަށް އައްޔަންކުރެވުނީ ނައިބު ރައީސް ޑރ. ވަހީދު އެދުމުގެ މަތިންނެވެ. އެއީ ތިމަންނައަކީ ސިޔާސީ ކަންތައްތަކަށް މާމޮޅު މީހަކަށް ވެގެން ވަހީދު ކައިރީގައި އާދޭސްކޮށްގެން ތިމަންނައަށް ރައީސްގެ މެމްބަރުކަން ދީފިއްޔާ ކުރިިޔަށް އޮތް ރައްޔިތުންގެ މަޖްލީހުގެ ގޮނޑިއެއް ޤައުމީ އިއްތިހާދަށް ހޯދައިދޭނެކަމުގެ ޔަގީންކަން ދިނުމުންނެވެ. އަދި ތިމަންނާއަކީ ރަށުގެ ވަރަަށް ގަދަރުވެރި މުއްސަނދި މީހަަކަށް ވީތީ ރަށުގެ ކުދި ބޮޑު އެންމެންވެސް ތިމަންނައަށް ތާއީދުކުރާނެކަމަށްވެސް ބުނަމުން ގެންދިޔައެވެ.

ކޮންމެޔަކަސް މީނާ މަޖްލީހަށްވެސް ވައްދައިފިޔެވެ. ވީކަމެއް ހަރާމެވެ.މަޖްލީހުގައި ދެންތިބި ރައީސްގެ މެމްބަރުންނާއި މުޅިންތަފާތެވެ. ތަފާތު ބިލްތަކަށާއި އެކިއެކި ގަރާރުތަކާއި ކޮމެޓީ ތަކާއި ބެހޭ ބަހުސްތައް ކުރިޔަަށް ދާއިރުވެސް ހަމީދު އަނގަައިން ނުބުނެއެވެ. ބަހުސްކުރަން ފުރުސަތަކަށް ނުވެސް އެދެއެވެ. ހަމަ މަޖްލީހުގައި ހުރެގެން ގޮނޑި ހޫނުކުރުން ނޫންކަމެއްނުކުރެއެވެ.

މިކަމާކަަން ބޮޑުވެގެން ވަހީދު ބަވަންފެށުމުން އެންމެފަހުން މަޖްލީހުގައި ވާހަކަ ދައްކަން ފަށައިފިއެވެ. އަސްތާ! ކަަމަކު ދާކަށް ނެތެވެ. ވަހީދުމެން ލިޔެފަދިނީމަވެސް ކިޔާކަށް ނޭގުނެވެ. ވަހަކަދައްކަަން ލިބޭ ވަގުތުކޮޅު ނިމިގެންދަނީވެސް ގަނޑު ހާވާލަ ހާވަލަ އިންދާއެވެ. އެންމެ ފަހުން ރިޔާސަތުން ވަގުތު ހަމަވެއްޖެޔޭ ބުނުމުން ހަމީދު ޖަވާބުގައި ބުނަނީ ތިމަންނަ ދަައްކަަން އަދިވެސް ވަރަށް ބައިވަރު ވާހަކަ އެބަހުރި ކަމަށާއި ދެން ޝުކުރިޔްޔާާ އެވެ.

މަޖްލީހުގެ އިންތިހާބު ބޯމަތިވެއްޖެއެވެ. މީނާވެސް ހުޅުމީދޫ ގޮނޑިއަށް ކެމްޕެއިން ކުރަން ފަށައިފިއެވެ. ގައުމީ އިއްތިހާދުގެ ކެނޑިޑޭޓެއްގެ ގޮތުގައި ޑރ. ވަހީދު ލައްވާ ކެމްޕޭން ޖަލްސާއެއްވެސް ބާއްވާ ރަަސްމީކޮށް ޖައްސަން ފަށައިފިއެވެ. އެންމެފަހުން ވާހީދުއަށް ވެސް ލަނޑުދީފަ އިލެކްޝަނަށް ފޯމްލީ އަަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ކެމްޕޭންކުރަނީ މިހާރު މަޖްލީހުގެ މުސާރަޔަށް ލިބޭ 70،000 ރުފިޔާ ބޭނުންކޮށްގެނެވެ. ވާނީވެސް އެހެންތާއެވެ ވިޔަފާރިވެރިއެއްކަމަކު މިހާރުއެހެރީ ފާޑަކަށް ހުލިވެފައެވެ.

މިކަހަލަ މީހަކު ހުޅުދޫމީދޫ ގޮނޑިއަށް ކުރިމަތިލައިގެ އުޅޭތީ ލަދުވެސް ގަނެއެވެ. ރަށަށް އިމްރާނީ ތަރައްގީއާއި މަސްވެރިކަމުގެ ތަރައްގީއާއި ސިއްޚީތަރައްގީގެންނަން ބުނާއިރު ވޭތުވެދިޔަ 20 އަހަރު މީނާ ދިރިއުޅެނީ މާލެއިން ބިން ކުއްޔަށް ނަގައިގެން ދިގު މުއްދަތައް ހަދައިގެން އެގޭގަައެވެ. މާލެ މެމްބަރަކަށް ކުރިމަތިލިއްޔާ މާތާހިރުވާނެއެވެ. މިހާރު ކޮނަމެހެން މަގޭ ހުޅުދުއޭ މަގޭ މީދޫއޭ ކިޔާނެ ކަމެއްނެތެވެ.

މިހާރު އަަދިކިރިޔާ ރަށުމީހުންނަށް މީނާ ބޭހަކަށްވެސް ފެނިގެން މިއުޅެނީ، ކެމްޕޭން ކައިރިވީމާ. މަޖްލީހުގަ މިހާރު ކިރިޔާވެސް ވާހަކަދެއްކޭތޯ ބަލަނީވެސް އިންތިހާބު ބޯމަތިވެފައިވާތި ޓީވީން ޖަލްސާތައް ދައްކާތީއެވެ. އެހެންނޫންނަމަ ޖަލްސާ އަޑުއަހަންދާ މީހުންނަށް ފެންނާނީ ގޮނޑީގައި ނިދާފަ އިންދައެވެ.

ރައްޔިތުންގެ ހައްގުގައި އަޑުއުފުލޭނީ ކިހިނެއްހެއްޔެވެ. ތިމަންނާގެ އަނގަ ފުރަތަމަ މަޖުލީހުގައި ހުޅުވިގެނެއް ނޫންހެއްޔެވެ. މަޖްލީސް ގޮނޑި ހޫނުކުރާތާ މިހާރު 5 މަސްވަނީ އެވެ. ރައްޔިތުންގެ ހައްގުގައި ކޮންވަކާލެއްތޯ ކުރީ ނިކަން ހަމީދުއާއި ސުވާލުކޮށްލަބަލާށެވެ. ސުވާލުކުރަން ބޭނުންނަމަ މިހާރުކުރާށެވެ، ހޮވިއްޖެއްޔާ ދެން ތިޔަރަށަކަށް ނުވެސް ދާނެއެވެ.


20 comments:

  1. mi article liyunun meehaku inee nidhaafatha? heylan veenun, thandhoru olhun filuvan ! hithun maa molhu reportarakah vegen , mauloonmaathu ekkuree bala huvafenun fenna echecheh tha? meega evves hageegatheh neiy. dhogu fathuran ves thee dhen bodu varu.

    To begin with, Its Ibrahim Hameed, not Ahmed Hameed, you little ignorant kido. How could this crapload be the least credible, if you dont even get basic facts right?I wanner freaking laugh at you for your desperate attempts.
    Dream on baby, because we are voting for candidate number 3, Ibrahim Hameed

    ReplyDelete
  2. hameedh my assss!!!!eeheheh

    ReplyDelete
  3. thagey enmenah fadai.. Shabadey thashas fadai.. shabadey tha TVM bahus ah arai maikaaloa au keekoa afirin kiriyaa ladah boa halaaki nivee.. thekahalai rudin membaro kamah kuri mathi laagen kess baanei.. mi article leyfei hishi goleyaa nikan kuri matha aaseiy rundi au keyfela,, thah ehtha engigen key fehenaa.. balhaa tho thagey fen varo olhigen nihiga..

    ReplyDelete
  4. kon fenvarah balaaehnun..hheheh bro 80s ga thuiulhany mihaaru noonnane laari huhtey kiyaafa vaane kameh... mihaaru my hama hama zamaaan..den kon roondakaau keykah..vote for ilyas

    ReplyDelete
  5. hameedh chokuhun dhaaneeApril 15, 2009 at 12:25 AM

    mahuvai thaferin jeheynei kess balaai vaa. ahammaidhee o mandeylaa hoveynei.
    hameedhas adhi illiyaasas adhi shabadeyas dhen thibi meehunves jeheynee kessbaalan.
    hoveynee mandeylaa
    hameedh kairee buney muskulhi furaage anhenun elhaa gathakas votei nuganeveyneyey
    kaley amyey kiyaaba kuththaa. mandeylaa hoveynee.\vote for mandeylaa

    ReplyDelete
  6. mandeyla ey kiyaa TV ah araa amilla ah halhey liyas , Ahammaidhee akee hama godhadi ahammaa ...

    ReplyDelete
  7. Mandeyla yo thimmanakee...dont make me laugh!

    filmu kulhen fashan veenun. eyrun fahareh gaa nahulaa men mandeylaa ge role eh ves kulhen dhee faane nun

    cuz in reality , Ahammaidhee can never be anything close to people like Mandela or Anni at that. He might as well be happy with his name godhadi ahmmaidhee, since thats all he talks about.

    ReplyDelete
  8. Mandeyla oa.. pakaaaaaaaaaaaaaaaaaaas.. amaafuideyla.. thubulhideyla..

    ReplyDelete
  9. mandeyla i appreciate u have don a lot . but still dont be a mandeyla or some one who else dear, i cannot accept like that.. u have to fight for 11 candidate to win.. u should have to work hard.. & wait for the resulst on 10th may

    ReplyDelete
  10. madeylaaey. kaley vejjenun kesdeylaaey kiyan. balaaennun mee. kaley kurin ulhunuhen ulhenveenu. thiaalaathunna hedhi aharumen kithamme dhuvahaku magumatheega hingaafa noolhevi dhiya. dhen thikahala lhaayaku hovaifiyya jeheynee anekka aharumen magumatheega noolheveyvaru kollafaane.
    say no to mandeylaa/
    say yes to shabadey

    ReplyDelete
  11. latest news (goleyaku falhaa araifi)

    GABOOLU NUKURIYAS KURIAS HULHU MEEDHOOAI KURIMATHI LAAGEN HISHI BADHURU( KALEYMEN MAA MULHU KERAA BADHURU) MEE YAAMEENU NUKUMMAGEN HINGAA LUNDAA KAMEI VARAI MUTHTHABARU FARAATHAKUN EGIGE. BADHURU AI VOTE DHEYKAI NIVEYHEI, MIKO HISHEE FASBAA KILABU MEEHAKEE EYAU KEYFEI VEYDEYVEYLEI FADAI ARAGE NUNEE.
    SAY BIG NO TO BADHURU.
    mikahalai habaro dhen varai ginain eyhei.

    ReplyDelete
  12. yameen ey kiyaigen thi kahala vaahaka gabool kuraanee boagoas meehuneh nun !say things that makes sense, at the least, will you?

    ReplyDelete
  13. hehe.. hinigelhey varah.. thankolheh harudhana vaahaka liyan vee ennu,, gaboolu kurevey kahala.. mandeyla ah vaan noolhe.. mandeylaky godhadaylaa.. godhadiman..

    ReplyDelete
  14. hulhudhoo zuvaanaaApril 17, 2009 at 6:08 AM

    KALO ECHCHIS EGIGEN MI LIYAMUN DHANEE. BADHURUAI YAAMEEN DHEEFAAVAA FAISAAGE ADHAHDHUVES EGEYTHEE LIYUNEE. THIAALAATHUN MEEHUN OLHUVAALIYAS AHARUMEN OLHUVAA NULEVEYNE. KALEY THEE ELHAAGE PUPPET DHO.

    ReplyDelete
  15. kon badhureh tha? as far as i know theres nobody by the name Badhuru contesting for Hulhudhoomeedhoo..but there is one for hithadhoo dhaaira with the name badhuru...or do u mean Sadhuru?

    ReplyDelete
  16. yaameenu ge ohbondi boan ve ennu thi aalaathun,eboegen fala vey. lol ajaibeh!! hameed aa yameen a gulhun onnanama hameed ah rice ge memberu kameh nudheyne, hey araabala rundin thakaa.. hama vaahakaeh fathuran ulhunakas adhi eyge kuda asareh ves nukuraane.. dhakkaane vaahakaeh nethyma moya goveyne.. kekekeke

    ReplyDelete
  17. moya goviyas nugoviyas yameenge puppet nuhoveyne.

    ReplyDelete
  18. ehentha? moya govaa meehun dhakka vaahaka aharumen gabooleh nukuran

    ReplyDelete