Wednesday, April 22, 2009

ރަޢީސުލް ޖުމުހޫރިއްޔާ ރަސްމީކޮށް އައްޑުއަތޮޅުގައި ކެންޕޭން ކުރައްވައިފިއެވެ

ރަޢީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ރަސްމީކޮށް އައްޑުއަތޮޅުގެ ރަށްރަކުގައި ކެންޕޭން ކުރައްވައިފިއެވެ. ރަޢީސުގެ މި ދަތުރުފުޅަކީ ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްކަމުގައި ވިޔަސް މީގައި ފޮރުވިފައިވާ މަޤުޞަދަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމް.ޑީ.ޕީގެ ފަރާތުން ކުރިމަތިލައިފައިވާ މީސްމީހުންނަށް ތާޢިދު ހޯދައި ދިނުމެވެ. މި ދަތުރުގައި ދެކުނު ޕްރޮވިންސް ގެ ތަރައްޤީއަށްޓަކައި ކުރަން ހަމަޖެހިފައިވާ ކަންތައްތައް އިޢުލާނު ކުރުން އޮތެވެ. ނަމަވެސް މިކަން ކޮށްފައިވަނީ ކަނޑައެޅިގެން އެތައް އޮޅުވާލުމެއްގެ ތެރެއިންނެވެ. މިސާލަކަށް ބަލާނަމަ، އައްޑުއަތޮޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ، ފެނާއި، ނަރުދަމާގެ ނިޒާމުގެ ވާހަކަ ވަރަށް ތަފުޞީލުކޮށް ބުނެދިން އިރު، މި ޕްރްޖެކްޓް ކުރިޔަތް އޮތް 6 މަސްދުވަހުގެ ތެރޭގައި ފެއްޓޭނެވަރު ވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމް.ޑަބްލިޔު.އެސް.ސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް (މާނައަކީ މާލޭގައި ހިންގި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަށްވުރެ މި ޕްރޮޖެކްޓް ބޮޑުވާހަކަ) ހިންގުމަށް ބޭނުންވާ ފައިސާ މިހާރުވެސް ހޯދަމުންދާވާހަކައެވެ. މީގެއިން ދޭހަވަނީ، މި ޕްރޮޖެކްޓް، ފައިނޭންޝަލްގޮތުން އަދި ވަކިގޮތަކަށް ނިމިފައި ނުވާކަމެވެ. ހަމަސް ދުވަހުގެ ތެރޭގައި ފައްޓަން ހަމަޖެހިފައިވާ މިފަދަ ބޮޑު ޕްރޮޖެކްޓެށް ޔަގީންކަމާއެކު ފެއްޓޭނީ، ޚަރަދުވާނެކަމަށް ލަފާކުރެވޭ ފައިސާ ހުރެގެންނެވެ. އަދި މިކަމަށް ބޭނުންވާ ތަކެތި މިހާރުވެސް ލިބެން ހުރެގެންނެވެ. އަދި މިކަން ޢަމަލީ ގޮތުން ފެއްޓުމުގައި އެއްވެސް ކަމެއް އައްޑު އަތޮޅުގައި ކޮއްފައިނުވެއެވެ. މި ކަމައްބޭނުންވާ ޚާއްސަ ސަރވޭ ތަކާއެ އެހެނިހެން ތައްޔާރީތައްވެސް އަދި ވެފައި ނެތެވެ. މި ދައްކަނީކީ، ރަށެއްގައި ގެއެއް އަޅާ ވާހަކައެއް ނޫނެވެ. މި ދައްކަނީ މާލެފިޔަވައި، ރާއްޖޭގައި އޮތް އެންމެ ބޮޑު އާބާދީގެ ފެނާއި ނަރުދަމާގެ ކަންތައް ހަމަޖައްސާވާހަކައެވެ. މި ބުނަން އުޅޭއެއްޗަކީ މީ މުޅިރާއްޖޭގައިވެސް މިހާތަނަށް އެއްފަހަރާ ކުރަން "ނިންމި" އެންމެ ބޮޑު ޕްރޮޖެކްޓްގެ ވާހަކައެވެ.

 

މީގެ އިތުރުން ދެން ކުރި ކަމަކީ، ކުރީގަވެސް އައްޑު އަތޮޅުގައި ދެމުން އައި ޚިދުމަތެއް، އަވަސް ޚިދުމަތަކަށް ބަދަލު ކުރި ވާހަކައެވެ. އާދެ، އައިޑެންޓިޓީ ކަރޑު 24 ގަޑިއިރު ތެރޭ ހެދުމުގެ ޚިދުމަތެވެ. އަޅުގނޑު ހިތައްއަރަނީ އައިޑީ ކަރޑު މިހާ މުހިންމު ބޭސިކް ނީޑަކަށް ވީ ކޮން އިރަކު ބާވައެވެ. ދުނިޔޭގެ ތަރައްޤީވެފައި ވާ ޤައުމުތަކަށް (މިސާލަކަށް އިނގިރޭސި ވިލާތަށް) ބަލައިލިޔަސް، މި ކަމަކީ އެހާ ޕްރައޯރިޓީ ދީގެން ކުރިޔަށް ދާ ކަމެއްނޫނެވެ. މިދަންނަވަނީ އައިޑީ ކަރޑަކީ މުހިންމު އެއްޗެއްނޫންވާހަކައެއްނޫނެވެ. އާދެ، އަނެއްކާވެސް މި ބުނަން އުޅޭ އެއްޗަކީ އައްޑު އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ވަރައްގިނަ، ކުޑަ ޚަރަދަކުން ޗަލާނެ ވަރައް ބައިވަރު އަސާސީ ބޭނުންތައް އެބަހުއްޓެވެ. މިސާލަކަށް ބަލާނަމަ، އައްޑު އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ހެދެން ނުހުންނަ، ނުވަތަ ހެދެން ހުއްޓަސް ހަފުތާއް ނަގާ މެޑިކަލް ޓެސްޓްތައް 24 ގަޑި އިރުތެރޭ ހެދޭގޮތް ހެދިޔަސް މާ މުހިންމެވެ.

 

ކޮންމެއަކަސް މީގެއިން ދޭހަވަނީ ހަމަ އެންމެ އެއްޗެކެވެ. މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު، މައުމޫނު ކެންޕޭން ދަތުރުތައް ރާއްޖޭގެ އެކި ރައްތަކަށް ކުރިހެން ނަޝީދުވެސް މި ފަދަ ދަތުރު ކުރާކަމެވެ. ނަޝީދުގެ މި ވަޢުދުގައި ކުލަޖެހޭތަން ކުރިޔަތް އޮތް 6 މަސްދުވަހުގެ ތެރޭގައި ދެކޭނެ އައްޑޫ ރައްޔިތެއް ނުހުންނާނެއެވެ. މީ ހަމަ ގައިމުކަމެކެވެ. މިކަމަކީ މައުމޫނު އައްޑު އަތޮޅު ވިލިނގިލި ރިސޯޓަކަށް ހަދާނަމޭ ކިޔައިގެން ބުނި ކަހަލަ އަރަތެކެވެ. މީގެ އިތުރުންވެސް އަޅުގަނޑުމެން އެންމެނަށް އެނގޭ ފަދައިން ރަޢީސް ނަޝީދަކީ، ބުނާ ބަހާ ޢަމަލާ އެއްވެސް ވަރަކަށް ދިމާނުވާ މީހެކެވެ. މީގެ ތަފްޞީލަށް ނުދިޔަޔަސް، މިޑް ޓަރމް އިލެކްޝަނެއް ބާއްވާނެ ވާހަކަ ބުނެފައި ޑރ. ޙަސަން ސަޢީދުގެ ބޮލަށް ކަނޑާލިކަމީ ނަޝީދުގެ އިޚުލާޞްތެރިކަމެއް ނެތްކަމުގެ ލާމަސީލު މިސާލެކެވެ. ދިވެހީންނަށް ހަދަން ބޭނުންކޮންމެ ގޮތެއް ހަދާފާނެކަމުގެ އަދިގަދަ މިސާލެކެވެ.

 

 

މީގެ އިތުރުންވެސް މިސާލެއް ދަންނަވާލާނަމެވެ. މީގެ ކުރިން މައުމޫނު ވެރިކަމުގައި ހުރެގެން އިނގިރޭސި ވިލާތަށް ކުރާ ދަތުރުތަކުގައި ހުންނަނީ، ލަންޑަންގައި ހުންނަThe Hayatt Regency   ގައެވެ. މި ހޮޓަލަކީ ނިސްބަތުން އަގުވެސް ބޮޑު ހޮޓަލެކެވެ. ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުންނަ، ޕްރެޒިޑެންޝަލް ސުއިޓްގައި ނުހުރެ މި ހޮޓަލުގައި މައުމޫނު ހުންނަނީ ކީއްވެގެންކަން ތިޔަ ބޭފުޅުންނަށް އެނގިލައްވާނެއެވެ. ދިވެހި ދައުލަތުގެ ފައިސާ ބޭކާރު ގޮތުގައި ހޭދަކުރުމަކީ ކަށީގައި ހަރުލާފައި ހުރިކަމަކަށް ވާތީއެވެ. އަދި، މި ދަތުރު ތަކުގައި އިނގިރޭސިވިލާތުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރަނީވެސް މި ހޮޓަލުގެ ހޯލް އަގުބޮޑުކޮށް ކުއްޔަށް ހިފައިގެންނެވެ. މިވާހަކަ އެއިރު ދިވެހި އޮބްޒަރވަގައި ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ލިޔެފައި އޮތެވެ. މައުމޫނު ބޭކާރު ޚަރަދު ކުރާ ވާހަކައެވެ. އަދި ޚުދު ނަޝީދުވެސް މިވާހަކައަށް އަލިއަޅުވައި އެމްޑީޕީގެ ޖަލްސާތަކުގައި ވާހަކަދައްކާފައިވެއެވެ.

 

މައުމޫނުގެ ވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ. މިހާރުގެ ރަޢީސުގެ ބާހަކަ ދައްކަމާ ހިނގާށެވެ. އެންމެފަހުން ރަޢީސު ނަޝީދު ލަންޑަނަށް ކުރި ދަތުރުގައި ހުރީ އެއްކަލަ މައުމޫނު ހުރެގެން އަގުބޮޑުވި ހޮޓަލުގައެވެ. އަދި އެއިރު މައުމޫނަށް ފާޑުކީ ސައްޕެވެސް ވަރަށް ހެވި ދިލިފަ މިތަނުގައި ހުރިކަމަށް ވެއެވެ. ދާދި އިހަކަށް ދުވަހު، މި ޖަލްސާ އަށް ރައީސްއާ އެކު ދިޔަ އެމްޑީޕީ މީހެއްގާތު، ނަޝީދު މި ހޮޓަލުގައި ހުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ ދިވެހި ހައިކޮމިޝަނުގައި ހުރުމަށްވުރެ މަތީގައި ދެންނެވުނު ހޮޓަލުގައި ހުރުމުން އަގުހެޔޮ ވަނީކަމަށެވެ. މި އަގުހެޔޮވަނީ ކިހިނަކުންތޯ އެހުމުން އޭނަގެ ގާތަށް އައީ ރުޅިއެވެ. ކޮންމެ ގޮތެއްވިޔަސް ޚަބަރު ބަލާލިއިރި، ހައިކޮމިޝަނުގައި ހުރެވެނީ ހިލެޔެވެ. ހޮޓަލުގައި ހުރެވެނީ ދުވާލަކަށް އެތައްހާސް ފައިސާއެއް ދައްކާފައެވެ. މީ އަޖައިބެއްތާ އެވެ. މައުމޫނު ޚަރަދު ބޮޑުކުރީމަ މައްސަލައެކެވެ. ނަޝީދު ކިތަންމެ ޚަރަދެއް ކިތިންމެ ބޭކާރުގޮތުގައި ކުރިޔަސް މައްސަލައެއް ނޫނެވެ. މީ ޑިމޮކްރެސީ ހެއްޔެވެ. މީ ސީދާ ދިވެހީންނަށް ހަރާމްކޯރު ވުމެވެ.

މި ފަދަ ވެރިޔަކު ވެރިކަމުގައި ބެހެއްޓުމަކީ، އަމިއްލަ ކަރަށް ފައިން އެރުންފަދަ ކަމެކެވެ. ނޫނީ، ފަތަންނޭނގޭ މީހާ އަމިއްލައަށް ކަނޑަށް ފުންމާލުން ކަހަލަ ކަމެކެވެ. އަޅުގަޑު ދަންނަވާނީ، މަޖިލީހުގައި އެމްޑީޕީ ރަމުޒުކުރަން ނިކުމެ ތިބިމީހުންނަށް ވޯޓުދިނުމަކީ ނަޝީދު ވެރިކަމުގައި ބޭއްވުމަށް ވޯޓުދިނުން ދަފަކަމެކެވެ. ކޮންމެއަކަސް ނިންމާލާނީ ވަރަށް ކުރުކޮށް ފޮނިކޮށް، އެމް.ޑީ.ޕީގެ އެއްވެސް މެންބަރަކަށް މިފަހަރު ވޯޓު ނުދޭށޭ ބުނަމުންނެވެ. ނުދޭންވީ ސަބަބެއް ނޭގިއްޖެނަމަ، މަތީގައިވާ ލިޔުން އަދި އެއްފަހަރު ކިޔާލާށެވެ. ކިޔާލުމުންވެސް ނޭގުމުނަމަ، ދެން ޑޮކްޓަރަކަށް ދެންކުން ބުއްދވެރިއެވެ.

 

ކޮންމެއަކަސް އަނެއްކާވެސް ޥައްސަލާމް،

-އައްޑޫ ޙަސަނު-

6 comments:

  1. Varah bodu thedeh.

    Sappe DO ga liyefa huri articles thah balan beynun nama look at the links below

    http://doreview.blogspot.com/2008/07/maldivian-students-to-protest-reckless.html

    http://doreview.blogspot.com/2008/06/fom-distribute-torture-history-leaflet.html

    ReplyDelete
  2. ނަޝީދުގެ ވައުދު



    ރާގު: އަޖީބު ދާސްތާނހެ ޔޭް



    ނަޝީދު ހާދަހާ މޮޅޭ، ރައީސު ކަން ޖަހައިގަތޭ

    ހުވާ ތަކާ ވައުދު ތަކާ ވެފާ ފަހުން ހަނދާން ނެތEޭ



    އިލެކްޝަނެއް މިޓާމުގާ މަ ބާއްވަ ދޭނަމޭ ކިޔާ

    އިލެކްޝަނެއް މިޓާމުގާ މަ ބާއްވަ ދޭނަމޭ ކިޔާ

    އެތަން މިތާ ހަޅޭއް ލަވާ އުޅުނު ކަމެއް އެނގެންް ނެތޭ

    ނަޝީދު ހާދަހާ މޮޅޭ………………



    އަދާލަތާއި ގާސިމާ ހަސަން ސައީދު ފައި ބުޑުން

    އަދާލަތާއި ގާސިމާ ހަސަން ސައީދު ފައި ބުޑުން

    ފިލާނުގެން އުޅުނު ހަނދާން މިހާރު ހާދަހާ ނެތޭ

    ނަޝީދު ހާދަހާ މޮޅޭ………………

    ReplyDelete
  3. ahamed zareeru kaley fadaboanveenu. miadhuey addu atholhuves oikkan egunee. thikahala rundin aharumen beynun nuvey mihaaru mi rashakai.
    ehenveema adhives vaguthu ovva mithanun raikkavey kaley maleyai kaley ulhey thanai. balaannu. thilhaa salaamathun ulhen beyumiyaa medhooyaivves naaran anagan miadhun feshigen.

    ReplyDelete
  4. mdp laagen ekalo halagen.
    MDP maldivian daroga party.
    hoveyneeves shabadey hovaaneeves shabadey
    dhen lalalalalaaaa

    ReplyDelete
  5. F..K U thaka MDP nilibene nunin halaakashas
    Tho Shabadhey laaafei halagen oks

    "WTF"

    ReplyDelete
  6. fuck VVVVVVVVVVVVVVV
    DHEN THO THAGEY AMAA LAAGEN HALAGEN

    ReplyDelete