
އައްޑު އަަތޮޅަަކީ ނިސްބަތުން މާލެ ފިޔަވައި އެންމެ ގިނަމީހުން މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިތިބި ސަރަހައްދެވެ. މިގޮތުން މި އަތޮޅު ހުޅުދޫގައި މިވަބާގައި ޖެހިފައި ތިބިޒުވާނުންގެ އަދަަދު ނިސްބަަތުން ގިނައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިރަށަކީ މަސްތުވާތަކެތީގެ ބޮޑެތި ޑީލަރުން ގާއިމުވެ ތިބޭރަށެވެ. މީގެތެރޭގައި މާލޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރުކޮށް ހުކުން ކޮށްފައިވާ މީހުންނާއި ފިލައިގެން އުޅޭ އަދި ބަންދަށް ދޫކޮށްލާފައިވާ މީހުންވެސް އުޅެއެވެ.
މީގެ ކުރިން މިރަށުގައި އާންމުގޮތެއްގައި ހަކުރުގެ ބާވަތްތައް ބޭނުންކުރެވުނު ކަމުގައިވިޔަސް މިހާރު ރަލާއި ބިޔަރު ބާވަތްތައްމިވަނީ އާންމު އެއްޗަކަވެފައެވެ. މިކަަމުގެ ނުރައްކާތެރިކަން މިވަނީީ ނިހާޔަތައް ބޮޑުވެފައެވެ. މި ބާވަތްތައް ރަށުތެރެއިން ފަސޭހައިން ލިބޭގޮތްވުމުން މި ނުރަައްކާތެރި ވަބާގައިޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަަދުދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މީގެ ސަބަބުން ވައްކަމާއި ފޭރުމާއި މާރާ މާރީ ފަަދަ އިޖްތިމާއީ ބޮޑެތި މައްސަލަތައްވެސް ދަނީ އިިތުރުވަމުންނެވެ.
ރަލާއި ބިޔަރު ބާވަތްތައް އައުދަޔާއި ޙިލާފަށް އާންމުވެގެން މިއުޅެނީ ހެރެތެރެ ރިޒޯޓް ހުޅުވުނުފަހުން ކަމަށް ޤަބޫލުކުރެވެއެވެ. އަދި ޙާއްސަކޮށް ހެރެތެރޭގެ މޭނޭޖްމަންޓް ބަދަލުވި ހިސާބުން ފެށިގެންނެވެ. ހަބަރު ލިބޭގޮތުގައި މިރިޒޯޓުން ވަރަށް ފަސޭހައިން މިތަކެތި ލިބެއެވެ. އެއީ ރިޒޯޓްގެ މުވައްޒަފުންނާއި ވެރިން ގުޅިގެންނެވެ. މީގެ ސަބަބުން ރަލުގެ ބާވަތްތައް ރަށުތެރެއިން ވަރަށް ފަސޭހައިން ގަންނަންށާއި އަދި މިނޫން ގޮތްގޮތައްވެސް ލިބެން ހުރެއެވެ.
މިއީ ހުޅުދޫ މީހުންް އަބަަދުވެސް ކުރަމުން އަންނަ ޝަކުވާއެވެ. މިކަމަށް އެދެވޭ ހައްލެއް އަންނާނެކަމުގެ އުންމީދެއްނެތެވެ. "މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާނެ" ކަަމަށް ވައުދުވި ސަރުކާރުވެސް ވެރިކަމާ ހަވާލުވެއްޖެއެވެ. ކުރިޔަށްވުރެ މިހާރު ކަންތައް ނުބައެވެ. މަޖްލީހަށް ކުރިމަތިލާފަައިވާ ކެންޑިޑޭޓުންވެސް މިކަަމަަށްދޭ ސަމާލުކަން ވަރަަށްކުޑައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން ބޭނުންކޮށްގެން ކެމްޕޭނުކުރަމުންދާ ކެންޑިޑޭޓުންވެސް އެބައުޅެއެވެ.
MEE DHEN HURIHAA THANEIGGAVES MIHAARU OI KANTHAI DHO. mihaaru aslu mikanthai aiforaa hisaabai aisgen miulhnee faadegge golayaku kurimathilaigen mulhi rashuga raa hudhdhakoggen heretherein e boandheytheeve.
ReplyDeleteso i would like to say no for zaahid
Vagun nakee kobaakan thareekh belee ma ageyne
ReplyDeletehttp://www.haveeru.com.mv/?page=details&id=59599&tbl=archiv&cat=search
mahuavi ilimen huavfen dhakkanee ey dhen boduvaru
ReplyDeletekalo vote libeyne meehaku engeynee 9 may ge fahun ehenveemaa ekaku anekegge aburaai nubehi thibun molhuvaanekamah feney. gaumashaai rashah heyo edhey dhivehi dhariyeh. thanks.
ReplyDelete