
ރައީސުލް ޖުމުހޫރިއްޔާ ދިވެހީންނަށް ބޭވަފާތެރިވާން އުޅޭކަމުގެ ހެކިތައްފެންނަން ފަށައިފި…
ދިވެހި ރާއްޖޭގެ ވެރިކަމާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ޙަވާލުވުމުގެ ކުރިންވެސް އަދި ހަވާލުވެގެން ފުރަތަމަ ދުވަސްކޮޅުގައި ވެސް ބުނަމުން ދިޔައީ އެމް.ޑީ.ޕީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްގެ ވާހަކައެވެ. މިވެރިކަން "ހެޔޮ" ވެރިކަމެއްގެ ގޮތުގައި ކުރެވޭތޯ ކުރެވެންއޮތް ހުރިހާ ކަމެއްވެސް ކުރާނެކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް، މާ ގިނަދުވަސް ތަކެއްނުވެ ރަޢީސުގެ ބަސްމަގު ބަދަލުވާން ފަށައިފި އެވެ. މިގޮތުން، އެމް.ޑީ.ޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ މެމްބަރުން ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުބުނެލި ވާހަކައަކުން މުޅި ދިވެހި ޤައުމު ދިޔައީ ގުގުމާފައެވެ. ރަޢީސްއެރޭގެ ޖަލްސާގައިބުނީ، އެމް.ޑީ.ޕީގެ ވެރިކަން ހެޔޮވެރިކަމެއްގެ ގޮތުގައި ކުރުމަށް ޔައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ވާހަކައެވެ. އަދި އަޣުލަބިއްޔަތާނުލާ ޑިމޮކުރެސީ ޤާއިމުވެފަ އޮތީ ދުނިޔޭގެ ކޮންޤައުމެއްގައި ތޯ ސުވާލު ދެންނެވިއެވެ. މިހެން ރަޢީސްބުނި އިރު މައުމޫނު ވެރިކަމުން ވައްޓާލަން ދިވެހިން ފޫގަޅައިގެން އުޅުނު ދުވަސްވަރު އެންމެ ބާރުލާފަ މަޖިލިސްދޮށަށް ކޮންމެދުވަހަކު އެއްވަނީ މައުމޫނުގެ 29 މެމްބަރުން ތިބޭތީ އެމީހުން މަޖިލީހުން ބޭރުކުރަން ކަމަށާއި، މަޖިލިސް ދޮށައް އެއްވާ މީހުންގެ އެންމެ ކުރީސަފުގައި ތިބީ އެމް.ޑީ.ޕީ މެންބަރުންކަން ރަޢީސަން ނޭގުނުކަމާމެދު ހައިރާން ވަމެވެ. އަދި އެދުވަސްވަރު ރައީސް ނަޝީދު ހައްޔަރު ކުރެވުނުކަމާއި، އޭރު އަޑުއުފުލަމުން ދިޔައީ މަޖިލީހުގައި މައުމޫނުގެ ޕާޓީގެ އަޣުލަބިއްޔަތު އޮވެއްޖެނަމަ ރާއްޖެއަށް މައުމޫނު ގެންނަން ބުނެފައިވާ ސިޔާސީ ބަދަލު ނުގެނެވޭނެކަމާއި މިއީވެސް ރަޢީސް ނަޝީދު ދެއްކެވިވާހަކަކަން އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނެތެވެ. އަދި، އޭރު މައުމޫނުގެ ޕާޓީގެ އަޢުލަބިއްޔަތު މަޖިލީހުގައި އޮންނަން ނޭދުނުފަދައިން ރަޢީސް ނަޝީދުގެ އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު އޮންނާކަށްވެސް ދިވެހިން ނޭދޭކަން ރަޢީސް ނަޝީދައް ހަނދުމަކޮށް އަރުވަމެވެ.
އަދި، ނަޝީދު މިއަދު ބުނެލީ މާ ހެއްވާ ވާހަކައެކެވެ. މިޑްޓާރމް އިލެކްޝަނެއްބާއްވާ، ރިޔާސީއިންތިޚާބުގެ ކުރިން ބުނީ، ޑރ. ޙަސަން ސައީދުގެ ޕުރެޝަރުގެ ސަބަބުން ކަމަށެވެ. މިއީ ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރައީސަށް ޕޮލިޓީޝަނުން މަޖުބޫރުކޮއްގެން ކަންތަކުރަން ޖައްސާނަމަ، މާދަމާ ދިވެހީންނަށް ކޮންމެފަދާ ބޭވަފާތެރިކަމެއްވެފަވެސް، ތިމަންނާ އެކަންކުރީ މީހެއްގެ މަޖުބޫރުން ކަމަށް ބުނެފާނެތީ ތާއެވެ.
ނަމަވެސް ކަމުގެ ހަޤީގަތަކީ މިއީ އެއްނޫނެވެ. ދިވެހީންގެ ހިތް ހެޔޮކަމުގެ ނާޖާއިޒު ފައިދާނަގަނީ އެވެ. މިހެނީ ރަޢީސް ނަޝީދު ވެރިކަމަށް ހުވިފަ އެއިނީ ދިވެހީން ކޮންމެހެން އާނާ ހޮވަން ދިން ވޯޓެއްގެ ސަބަބުނެއް ނޫންކަން ހުރިހާ ދިވެހިންވެސް ދަންނާނެއެވެ. ބަދަލަކަށް ބޭނުންވެގެން، މައުމޫނު ވެރިކަމުން ވައްޓާލަން ވޯޓު ދިން ދިނުމުގައި ހޮވުނީއެވެ. ޙަޤީޤަތަކީ އެއިރު މައުމޫނާ ވާދަކުރީ ކޮންމެ ފަދަ ދިވެއްސެއްކަމުގައި ވިޔަސް ހޮވޭނެކަމެވެ.
ކޮންމެޔަކަށް މިއާއެކު ބުނެލަން ބޭނުންވާ ވަރަށް މުހިންމު އެއްޗެއް އެބައޮތެވެ. ރަޢީސް ނަޝީދު އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު މަޖިލީހުގައި ހޯދުމުގެ ބޭނުމުގައި، ނެރެފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ، ރައީސް ނަޝީދު ބޭނުންހާ ގޮތަކަށް ވެރިކަން ކުރަން ފުރޞަތު ދިނުމެވެ. ރައްޔިތުންގެ މަޖިލީހަކީ ވެރިކަންކުރާ ޕާޓީގެ އަޣުލަބިއްޔަތު ބާއްވަން ހަދާފައިވާ ތަނެއްނަމަ، އެތަނަކަށް ރައްޔިތުންގެ މަޖިލީހެކޭ ނުކިޔާނެއެވެ. އެތަނަށް ކިޔާނީ ވެރިކަންކުރާ ޕާޓީގެ މަޖިލީހެވެ. ރަޢީސް ނަޝީދުގެ ޕާޓީ، އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ކޮއްދޭނަމޭ ބުނެފައިވާ ކަންތައްތައް ކުރުމުށް ރަޢީސް ނަޝީދު ބޭނުން ބަޔަކަށް ކެބިނެޓު މަޤާމު ދިނުމަށް ދިވެހި ޤާނޫނު އަސާސީއިން އެއޮތީ ފުރުޞަތުދީފައެވެ. މިކަމާ އެއްވެސް ދިވެއްސަކު ދެކޮޅު ނަހަދާނެއެވެ. އެހެންކަމުން ކެބިނެޓާ، މަޖިލިހާ ދެންވެސް ހުރިހާ ބާރެއް އެމް.ޑީ.ޕީ އާ ހަވާލުކުރުމަކީ، ދިވެހި ރާއްޖޭގެ ވެރިކަން ނަޝީދު ހިތުހުރުހާ ޚުދުމުހުތާރުކޮށް ކުރުމަށް ރިހީގެ ތަބަކަކަށް އަޅާ ވެދުން ކުރުން ކަމަށް ނޫނީ ނުވާނެއެވެ. ދިވެހީންގެ ތެރެއިން އެކަކުވެސް، ޚުދުމުހުތާރު ވެރިއެއްގެ ދަށަށް ދިވެހި ތަޚުތު ދިޔުމަށް ދެނެއް ނޭދެއެވެ. އެހެން ކަމުން އެމްޑީޕިގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމުގައި މިކަމާ ފުންކޮށް ވިސްނަވާ ލައްވާށެވެ.
ޥައްސަލާމް….
-އައްޑޫ ޙަސަނު-
naachoo as beynumee mado meehun thibey kede hishe mashooru veyshaau, thedhakee naacho, mihen ehuvimai dhen ridi ni arai vaa. hama ahuvalee.ho ho hohoh
ReplyDeletehttp://vote4shibath.com/index.php?option=com_content&view=article&catid=14:news&id=14:2009-03-01-14-26-25
ReplyDeletehttp://forum.joomla.org/
kalo thihen kiyas shabadey athakun nugelleyne emme voteivves ekam thi liyaa lhaayaku liyefa hiy falhaigen dhaanee. ehen veema nuliyuniyya thaahiru vaanee.
ReplyDeletekaleymen hoveyne kamuge varai ummeedh koggen dho.ekam hulhumeedhoo zuvaanun nei mihaaru olhuvaalaigen dhalha dhakkamun dhaa bayakaaekuga ulhen.
say no to illiyaas.
say yes to shabadey
latest news (goleyaku falhaa araifi)
ReplyDeleteGABOOLU NUKURIYAS KURIAS HULHU MEEDHOOAI KURIMATHI LAAGEN HISHI BADHURU( KALEYMEN MAA MULHU KERAA BADHURU) MEE YAAMEENU NUKUMMAGEN HINGAA LUNDAA KAMEI VARAI MUTHTHABARU FARAATHAKUN EGIGE. BADHURU AI VOTE DHEYKAI NIVEYHEI, MIKO HISHEE FASBAA KILABU MEEHAKEE EYAU KEYFEI VEYDEYVEYLEI FADAI ARAGE NUNEE.
SAY BIG NO TO BADHURU.
mikahalai habaro dhen varai ginain eyhei.