ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މިހާރުގެ މެންބަރު އިލްޔާސް ލަބީބު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާއިރު އިލްޔާސް ލަބީބާއި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހުޅުދޫ ދާއިރާއަސް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ޝާޑު ވިދާޅުވީ ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ އެންމެ ބޮޑު ޔަގީންކަމެއް ލިބިފައިވަނީ ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ރަށުން ބޭރުގައި ތިބިއިރު އޭގެ ތެރެއިން ގިނަ ބަޔަކު ރަޖިސްޓްރީކޮށްފައިވުމުން ކަމަށެވެ.
“މިސާލަކަށް މާލޭގައި، ސްރީލަންކާ އިންޑިއާ އަދި ރިސޯޓުތަކުގައި، އެހުރިހާ ދާއިރާތަކަށް ބަލާއިރު އަޅުގަނޑުމެންގެ ރަޖިސްޓްރޭޝަން މިހާ ކާމިޔާބުކަމާއިއެކު ދިއުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އެހެންވީމާ އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އިރާދަކުރެއްވިއްޔާ މި ގޮނޑި މިފަހަރު ކާމިޔާބުކުރާނެ ކަމުގެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދާއިއެއްކޮށް.” ޝާޑު ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީ 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލްޔާސް ހަބީބް ރައްޔިތުން ހޮއްވެވި ނަމަވެސް ދާއިރާއަށް އެއްވެސް ކަމެއްކޮށްދީފައިނުވާ ކަމަށާއި ދާއިރާގެ ހާލަތު އޮތް ގޮތް ދާއިރާއަށްދާ ކޮންމެ ރައްޔިތަކަށް އެނގެން އޮންނާނެ ކަމަށެވެ.
އައްޑޫ ސިޓީ ރައްޔިތުން ވެސް ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުން ކަމަށްވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އެކަންކަން ފެންނަމުންދާ ކަމަށާއި އެގޮތުން 65 އަހަރުން މަތީ މީހުންނަށްދޭ 5000 ރުފިޔާ ޖަމާވެފައިވާއިރު ހުސްނުވާ އާސަންދަ އިފްތިތާހު ކުރެވިފައިވާ ކަމަށާއި މަސްވެރިންނަށް 10،000 ރުފިޔާ އާއި ދަނޑުވެރިންނަށް 8000 ރުފިޔާ ވެސް ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ކޮން ކަމެއްތޯ ރައީސް ނަޝީދު ސަރުކާރަށް އައްޑޫ އަތޮޅަށް ކޮށްދެއްވާފައި އޮތީ؟ ސާކް ސަމިޓެކޭ ކިޔާފައި އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައި އެއޮތީ،” ޝާޑު ވިދާޅުވި އެވެ.
No comments:
Post a Comment