Friday, May 1, 2009

އިލްޔާސް ލަބީބު، ރައްޔިތުންނަށް އޮޅުވާލަނީ

އިލްޔާސް ލަބީބު އައްޑު އަތޮޅު ހުޅުމީދޫގެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން އެބަދެއެވެ. އެނގިވަޑައިގަންނަވާނެފަދައިން، ޝަބަޑޭއާ ޝަބަޑޭގެ ކެމްޕޭން ޓީމު ހުޅުމީދޫގައި މިދުވަސް ވަރުދަނީ ވަރަށް ފޯރިޔާއެކު ޙަރަކާތްތެރިވަމުންނެވެ. މި ހަރަކާތްތައް ފެނިފައި ހިންދިރުވާނުލެވިގެން، ހުޅުމީދޫގައި ޝަބަޑޭގެ ތާޢީދު ދައްކޮށް އިލްޔާސަށް ތާޢީދުހޯދުމަށް، އެމް.ޑީ.ޕީއިން މައުމޫނު ވެރިކަމުން ވައްޓާލަން ބޭނުންކުރިފަދަ އުކުޅުތައް ބޭނުންކުރަން ފަށައިފިއެވެ. ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެފަދައިން މީގެ ދެދުވަސް ކުރިން ބަޔަކުވަނީ ހުޅުމީދޫގައި ހުރި އިލްޔާސްގެ ޕޯސްޓަރުތަކަށާއި ބެނާތަކަށް ކުލަޖަހާފައެވެ. މިޢަމަލަކީ ކޮންމެ ބަޔަކު ކުރިޔަސް ކޮއްގެންވާނޭކަމެއް ނޫނެވެ. ނަމަވެސް ވަރަށް އިތުބާރު ހުރިފަރާތަކުން އެގޭގޮތުގައި މީ އިލްސާސް ސިމްޕަތީ ވޯޓު ހޯދުމަށް ބޭނުންކޮއްފައި ވާ ވިޔާނުދާ އުކުޅެކެވެ. މި ޕޯސްޓަރުތަކަށް ކުލަޖަހާފައިވަނީ ޚުދު އިލްޔާސްގެ ސަޕޯޓަރުންނެވެ. މި ޢަމަލު ހިންގާފައިވަނީ، ޝަބަޑޭ ހުޅުމީދޫގައި ކެމްޕޭންކުރައިން އައިސް އުޅޭތީ މިފަދަ ޢަމަލެއް ހިންގުމުން ރަށު ރައްޔިތުންލައްވާ ޝައްކުގެ އިނގިލި ޝަބަޑޭއާ ދިމާލަށް ދިއްކުރުވުމަށެވެ.

 

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގި ވަންހަނާ ވެގެންނުވާނޭފަދައިން، ޚުދު އެމް.ޑީ.ޕީގެ ކުރީގެ ޗެއަރ ޕަރސަން އަދި މިހާރުގެ ރަޢީސުލް ޖުމުހޫރިއްޔާވަނީ ރިޔާސީ އިންތިޚާބަށް އެމް.ޑީ.ޕީ ކެމްބޭން ކުރި ދުވަސްވަރު މިފަދަ ހަޑިމުޑުދާރު ޢަމަލު ހިންގާފައެވެ. މީގެ އިތުރުންވެސް ރާއްޖެއަށް ޑިމޮކޮރެސީ ގެނައުމުގެ ތެރޭގައި ނަޝީދު މީހުން ގިނަ މަންޒިލެއް ވެއްޖެއްޔާ އެތަނަކަށް ގޮސް އަޑު ގަދަކޮށް ހަމަނުޖެހުން ހިންގާ، ފުލުހުންނާއި މީޑީއާ އެތަނަށް ގެންނަން މަސައްކަތް ކުރެއެވެ. މީގެ ޙަޤީޤީ މަޤުޞަދަކީ ޢާންމު ރައްޔިތުންގެ ތާޢީދު ހޯދުމެވެ. ސިމްޕަތީ ހޯދުމެވެ....އާދެ އިންތިޚާބުގައި ގިނަ ވޯޓު ހޯދުމެވެ. މައުމޫނާ ދެކޮޅަށް މިހެން ކަންތައްކުރުމަކީ ދިވެހިން އެދުނުކަމަކަށް ވިޔަސް މިމަހު ބާއްވަން އުޅޭ މަޖިލީހުގެ އިންތިޚާބަށް މިފަދައިން އެމް.ޑީ.ޕީގެ ބާރު ފޯރުވުމަށް މަސައްކަތް ކުރުމަކީ ހުޅުމީދޫގެ ރައްޔިތުން އެދޭނެކަމެއް ނޫނެވެ. މިހާރު ކަންތައްމިދަނީ މާމައްޗަށެވެ.  މިއީ ތަންފުކެއް ބޮޑުވަރެވެ. ތިހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެފަދައިން ސަރުކާރުން ވަނީ ސިވިލްސަރވެންޓުންނަށާއި ޢާންމު ރައްޔިތުންނަށް ބިރުދައްކައި އިންތިޚާބަށް އަތްގަދަކުރުމަށް މަސައްކަތް ކޮއްފައެވެ. މިކަންވަނީ ސިވިލްސަރވިސް ކަމިޝަނަޝާއި، އިލެކްޝަންސް ކަމިޝަނަޝާއި، އެޓޯރނީ ޖެނެރަލްގެ އޮފީހަށްވެސް ފާހަގަވެފައެވެ. މިގޮތަށް ކެމްޕޭނު ކުރުމުގައި ރަޢީސް ނަޝީދުވެސް ހިމެނެއެވެ. މީގެތެރޭގައި އެންމެފަހުން ސަރުކާރުގެ ދަތުރޭކިޔައިގެން ކެމްޕޭން ދަތުރުވެސް ކޮއްފައިވެސް ވެއެވެ. އެންމެފަހުން އައްޑުއަތޮޅަށް ފުލެޓުއަޅައި ދެނަމޭ ކިޔައިގެން ކުރިދަތުރަކީ މީގެ މައިދަތުރެވެ. އެއަށްފަހު ރާއްޖޭގެ ހުރިހާއަތޮޅެއްގައި ފުލެޓްދޮންބެ ދަނީ ބައިސާ ކަނޑަމުންނެވެ. ހަމަ ހައްތާވެސް ފުލެޓްއަޅައިދޭވާހަކަ ކިޔައިގެންނެވެ.މިއީ ހުސް މަކަރުވެރި ރޭވުމެވެ. މިއީ މަޤާމުގެ ނާޖާއިޒު ފައިދާ ހޯދުމެވެ.

 

ކޮންމެއަކަސް ޝަބަޑޭގެ ފަރާތުން އިލްޔާސަށް ބުނެލަންއޮތީ، ޝަބަޑޭއަކީ އިލްޔާސް ފަދަ ހިތްނުބައި، ނުލަފާ ރޭވުންތެރިއެއްނޫނެވެ. އިލްޔާސްގެ ކެމްޕޭންޓީމުގެ ފަރާތުން ޕޯސްޓަރ ތަކަށް ކުލަޖެހި މައްސަލަ ޝަބަޑޭގެ ބޮލުގައި އަޅުވަނީ ކަނޑައެޅިގެން އެއްވެސް ހެއްކެތް ޤަރީނާއެއް ނެތިއެވެ. ހަމަ އެންމެ ސަބަބަކާހުރެއެވެ. ޝަބަޑޭއަށް ހުޅުމީދޫގެ ގިނަރައްޔިތުން ވޯޓުދީފާނެތީއެވެ. އެމްޑީޕީގެ ވެރިކަމަށް ނިމުމެއް އައިސްދާނެތީއެވެ.

 

ނަމަވެސް އަޅުގަނޑު ދަންނަވާނީ، ޝަބަޑޭ ކެމްޕޭން ކުރާނީ ޤާނޫނާއި ޤަވާއިދަށް ޙުރުމަތް ތެރިކޮށް ހިތައިގެންނެވެ. ޝަބަޑޭ މީހެއްގެ ޙައްޤަކަށް ނާރާނެއެވެ. ޝަބަޑޭ ބަޔަކަށް ރިޝްވަތެއްވެސް ނުދޭނެއެވެ. ޝަބަޑޭ ބަޔަކަށް ލެޕްޓޮޕް ހިލޭ އަދި އިންސްޓޯލްމަންޓަށް ވެސް ނުދޭނެއެވެ. ޝަބަޑޭ ވޯޓު ނުގަންނާނެއެވެ. ޝަބަޑޭ ހޯދާނީ ހެޔޮހިތުން ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށްޓަކާ ވޯޓުދޭންތިބިމީހުންގެ ވޯޓެވެ. ޝަބަޑޭ ސިމްޕަތީ ހޯދަން އަމިއްލަ ޕޯސްޓަރަށް ކުލައެއްވެސް ނުޖަހާނެއެވެ.

 

ފުލެޓުދޮންބެ، އޭނާގެ އޭޖެންޓަކަށް އިލްޔާސް ހޮވާނީ ނުހަނު ވިސްނާފައެވެ. އިލްޔާސަކީ މަކަރުވެރި ހިޔަޅެއްކަން އެނގޭތީއެވެ. ދޮގުހަދަން ފަސްނުޖެހޭނެ މުނާފިގެއްކަންވެސް އެނގޭތީއެވެ. އިސްލާމްދީނުގެ ކަންފުޅެއްވެސް މި ބަކަރި ގައިގަ ނެތްކަން އެނގޭތީއެވެ. ފުލެޓުދޮންބެ ވެރިކަމުގައި ގިނަދުވަހު ބެހެއްޓުމައްޓަކައި ބޭނުންވަނީ އިލްޔާސް ފަދަ ދެތިން ޙައިވާނުންނެވެ. އެއިރަށް ރަނގަޅަށް ރައްޔިތުންގެ ލޭބޯނެއެވެ. ރައްޔިތުންނޭވެ. ނިކަން މަޢާފު ކުރައްވާށެވެ. އަޅުގަނޑަކީ، މިފަދަ ވިޔާނުދާ ޢިބާރާތުން މީހުނާ މުޚާތަބު ކުރާމީހެއްނޫނެވެ. ނަމަވެސް އިލްޔާސުގެ ހުރިނުބައި ނުލަފާކަން ވަރަށް ރަނގަޅަށް އެނގޭތީ ލޭހޫނުވީއެވެ. ތިޔަބޭފުޅުން ހިތްޕުޅާނުވާ ބަހުރުވަ ބޭނުންކުރެވިފައިވިޔަސް މާފު ކުރާށެވެ.

ކޮންމެއަކަސް މިފަހަރު ވޯޓުދޭއިރު ވިސްނާލާށެވެ. ރައީސް ނަޝީދުގެ ހުރި ނުބައި ނުލަފާކަން އަޅުގަނޑުމެންނަށް ދެއްކުމަށް ފުރުޞަތު ނުދޭށެވެ. ނަޝީދު ވަނީ މިކަން ވަރަށް ސަރީޙަކޮށް ރައްޔިތުންނަށް ބުނެދީފައެވެ. އެމްޑީ.ޕީ ނޫން އެހެން މީހުން އިނދަޖައްސާނެވާހަކައެވެ. މިވާހަކަ ކޮޅު އެކަނި އަޑުއަހާލިޔަސް އިލްޔާސަށް ވޯޓުނުދޭންވީ ސަބަބު ވިސްނޭނެއެވެ. ވޯޓަކީ ތިޔަބޭފުޅުންގެ އަޑެވެ. މިއަޑު، އިއްވާނީ ތިޔަބޭފުޅުންނެވެ. އެހެންމީހަކު މިއަޑާ ކުޅުނަނުދޭށެވެ. އަނެއްކާވެސް ބުނެލާނީ އިލްޔާސަށް ވޯޓުނުދޭށެވެ. ރައްޔިތުން ނަޝީދުގެ ނުލަފާ ވަކިން ސަލާމަތްކުރުމައްޓަކައެވެ.

 

ވައްސަލާމް

-އައްޑޫ ޙަސަނު-

35 comments:

  1. Ilyas ge postar halaak koh postaru thakah kula jehuve ali fauzy. ekan kuree 1500 rufiyaa dheefa. ali phone in hulhudhoo gai mihaaru huri kujjakah gulhaafa bunee. Ali fauzy akee megachip in computer hadhiyaa kuran thanthanah kuregaves gosfa huri meeheh. ehn vee iru Addu Hassan (Ali Fauzy) hulhumeedhoo raiyyathun fasaadh kuran noolhey. thee thimaage anhenun lavvaa mees meehunah phone kuruvi meehaa noon.

    ReplyDelete
  2. Kaley ilyasge rangalhu vaahaka dhakkanee, eyna edhanee jehunu anhenakaa ziney kuramun aurun muskulhi vaairuves meehakaa needhe ulhenee...Kaley alhe bunebala inslaame dheenah hurumaiy therikoh hithaa lhai ehnama Kasbee anhenun laigen Malaysia adhi singapore thanthanuga dhuvas thah hey dhakuraanetha? Dheen veri lhai eh ah faharaa dhe anhenun gengulheynetha? Dheen veri lhai eh installmentah latop vikkafa libey interest (ribaa) kaanetha? Dheen veri lhai eh meehunnah olhuvaalaigen laptop vikkaanetha? Dheen veri lhai eh nuvaane kanthakuge vaahaka dhakkaafa thimanna mikan 5 aharu therey kohdheynamey bunaanetha? Mashah hiyeh nuvey...Dhen bunelan othee kaley kihineh hey ilyas dheen veri meeheh kamah fenigen thiulhenee? Kaleyah ilyas dhinee koacheh baa? Kaley maa shabadey engey kamah hedhigen ulhenee Kaley thikiyanee ehen meeheh ge vaahaka kanneygey...

    ReplyDelete
  3. Addu hassan thi lhai heybalivegen noolhey... kale ah igeneetha ikyas ulhunu goi.. thi lhai ah thi othee engifaaa.. fada boe.. anhenun lavva firihenunnah gulhuvaa kaleyge.. kaley kuri kanthah kanthah thakey theee .. kale ah heevaanee ehen meehun ves kuraahen....nagoo balhu.. hama gaimu ilyas ahannakah echche nudhey.. thi lhai thi ulhenee hey balivegen dho ilyas ey kiyaigen....kiyaane nukiyaane echcheh neygigen.. kaley dhakka dhogu vaahaka gaboolu kuaane meehaku nethey beethaaa.. kaley viyaa thihireee saafu thaahirukoh..ehen meehunnah haraam koaru vaa soru...

    ReplyDelete
  4. Addu hassanu .. Anhenun nah gulhan aharen ves beynun...numberu libidhaanetha .. Hassanu ge ekuveri Addu alifithaa

    ReplyDelete
  5. Hehe. Beethaa vefa hurimeehaa enginjethaa.. Kaley ilyas be vaahaka eh liyuneema hey balivegen thi hayyai govanee... Ilyas Malaysia ga INTI college ga kiyavan ulhunu iru ulhunu goiy nikan ahaalabala ethaa ulhunu dhivehjn gaathu...nidhai ulhunee ethaa ulhey dhivehi anhen kudinnaa eku. Mashah engende ilyas anhenunnaa eku nidhanadhi meehakaaa niinna kan.. Ehen v ma hiley anhenunaa eku ehkotariyehga nidhunah kiyaa nan kaley hodhaaa... Mashah engenee e ee Islam dheenuga haram kameh kan... Mikanthah kaleyah neygiovedhaane faharehga... Sabahakee kaley malaysiaga ilyas aa eku noolhey viyyaa... Kaley esoraaa eku ehdhaan kuran feshy Maa fahun viyya...

    ReplyDelete
  6. ey heynalivaa aalaathunney tiaalaathun maa illiyaas veganegen thulheniyyo.
    mahuvaa kuraanan thiaalaathun kuran thiulhey kanthakei nuvaane, ey hama fakkaa eyge echchchei.
    hasanu kaley thee hama fakkaa lhaaei. thikahala meehun beynumee. illiyaas nuhoveyne. haas nuvey. thethi kenayaku laigen campaighn kuriyas vaanekamei nei.\
    nuhoveyne

    ReplyDelete
  7. s.atoll madharusaage teachereiMay 2, 2009 at 5:29 AM

    ey heybalivaa alaaathunney. kaley buneba megachip in hiley saabahai dheefa huri lep noony decktp hurithanei. noonee schoolei. thiulhenee vaanuvaa hisaabuga. hama bimai faibaa eirun kaley dhefai dheythereyga elifa onnane megachip in kaleyai dhin leptop. hehehehhehe

    ReplyDelete
  8. a big NO to Ilyas from Hulhumeedhoo youth.

    ReplyDelete
  9. Balaaverikamaa thoo thgay bappaa vota mme kurin hoadhafela shabadey.thah vote dhaynei thakahalei mua Ali fauzee

    ReplyDelete
  10. heeheee

    Heevanee kaleymen poster eh nataaleema noone kulajeheema aharumenge ge vote badhal vaane kama tha? huuuuu Kaleymen thikahala 4000 poster halaaku kuriyas aharumen vote badhal nukuraanan. Adhi thikuraa kamakun aharumenge candidate evs asare nukuraane. Adhi vaahaka eh bunelaanan "hama kiriyaa candidate vai elhiliyas nimunee" Koshaalan jehidhaane

    VOTE 4 ILYAAS

    WE love our candidate coz he is young,smart,interligent..........

    ehen meehuna hama buneveynee "O" ey

    ReplyDelete
  11. Ilyas maa molhuvegen iulaan kuri vision ge vaahaka hithadhooga oiy jalsaaga buni iru seenu atholhu madharusaa ga saansvee thauleemu dhey vaahakaeh nubuney... Msorah ves mihaaru enginjje ethaaaga saanavee thauleemu onnathaa 10 aharu vejjekan. Dhen ves atholhu ofees hulhudhuah badhalu kuraa vaahaka eh ves nubuney... Ladhugatheeyo evaahaka bunan. Vision liyunuiru thinanna akah neygeyo atholhu oferhuge badhaluga hunnaanee province office kameh. Heheeee halaaaku

    ReplyDelete
  12. meehun vote dhayne goy mihaaru othee kandelhi nimifa dhen komme kamey komme bayaku kurias ekan ehen gothakah badhalu nukureveyne.Postaru halaaku kuri meehunah gaaimu meehunge hitheh halaaku nukureveyne e hih badhaleh ves nukureveyne nuves vi.ilyas nun meehaku nuhoveyne kan miharu hurihaa candidatunas ves ingey adhi ilyas hoveyne kan ilyas campaign ashaa ilyas yageen.

    ReplyDelete
  13. Addu hassanah ingeyne megachipun hiley saabahah echchehi hadhiyaa koffa hurithan than.. elhaa ulhununey effaharegga e meehun foo buduga viyaaa ...mihaaru ehaavaruves hadhaan nethunee dho e lhaa.. ehenney vaanee..meehunnna dhimaalah nubai echchehi kiyamun kiyamun gossa mihaaru eheree dhekolhuga nura jhaafa...kobaa shabadey capmpaginah libey laari gandun kihaavareh thi lhaa ah libunee.... nama nama anhenun nuvikkachchey thihen ulhemun...KALEY BALAN HUNNATHI.. MIFAHRU HOVANEE ILYAS .. HOVEYNEE ILYAS.... SHABDEY AA Elhey gos ..Addu alifuthaaa

    ReplyDelete
  14. Addu Alifutha.. Iam with u... We are with ilyas.. Vote for the best...vote for ilyas..

    ReplyDelete
  15. I seriously dont think Ilyas could win, mainly because of his incapability and unprofessionalism and because of how naive he is for a role as such

    Why should we vote for someone who speaks nonsense whenever he gets a chance to talk?

    The first time I heard him speak, he ended up saying, referring to himself; "Alhugandu vidhaalhuvanee"

    The next thing i saw was his letter addressed to the people of Hulhudhoomeedhoo, which had 30 typos which left me wondering, how in the world he managed to get 30 mistakes n a single 1 page letter. Thikijehi thaanaeh sukuneh olhumeh nufilaa...

    speaks a lot about his unprofessionalism, if not for his command of the language, doesn't it? well, it certainly did to me.

    and then, i think a lot of people would have noticed that his slogan sported "hiyvvaru", with a alifu sukun, while my kid brother could have easily pointed out that hiyvvaru should be a thaa sukun. They corrected this mistake after several days of sporting this in big bold letters for all to see .

    And then, I saw the guy on TV bahus, and he managed to screw up that as well, speaking of building resorts in 100 years, one of the silliest things ive ever heard anybody say on live TV, especially when that person wants to represent us in the parliament. that too was outrageously humiliating.

    So why should we be voting for him. Im not attacking him personally or his family. I am not that sort of person, you see. How i see things are by logic and reasoning.

    Me and my buddies dont think Illyas should be in the Majlis, hence we are not voting for him.

    ReplyDelete
  16. Thats u only u n ur budies dho? But me and my budies suports ILYAAS.

    Liyefa huri eche ga mistake hurun e ee masal eh noon. Adhi vaahak dhakaa iruves. So next time pls dnt write shit like this

    Ilyaas is the NO.1

    ReplyDelete
  17. oooooooo ghoooooooooo ..hehehe ilyas got now only two puppet frm hulhudhooo..azaa n azky ..but it seems azaa anti campaigning using this blog..and azuky will never vote ilyas..we had special meeting wid them,,so now its clear that shabadeyas will win this time..say no to MDP!!

    ReplyDelete
  18. kaleymen illiyaas laigen gudhai thibe halanjeheynee. nuhoveyne yageen.

    ReplyDelete
  19. what do u mean, liyefa huri echcheh ga mistake adhi vaahaka dhakka iru mistake huttas massalaeh nooney? and its not mistake, its a hell lot of mistakes and silly ideas most of the time he talks. I dont think you yourself are able to identify shit when you see it. So, i can understand why a few people like you are voting for Ilyas.

    No, we dont need that sort of stupidity and unprofessionalism for Majlis.

    We dont need Ilyas. nuhoveynee ehenvegen.

    ReplyDelete
  20. what do u mean liyefa huri ehchehga adhi vaahaka dhakka iru mistake hurun ayee massa eh nooney? huh? are you kidding me?

    adhi eves emme mistake eh nooney. Clearly it is a hell of a lot of mistakes and a hell of a lot of silly ideas for someone contesting to represent us.

    I dont think you yourself identify shit when you see it. so, I can understand why a few of you are voting for Ilyas.

    No, we dont need Ilyas in Majlis. We obviously dont.

    ReplyDelete
  21. hulhumeedhoo geriMay 3, 2009 at 11:58 AM

    me too. i will not vote for illiyaas. even my family members too. yageenkamaaekuga mibunanee aharumenge family ekakuves nulaane votei illiyaasaka. familee hold kuraane morethan 150vote from hulhudhoo.
    so suck with him.
    nuhoveyne hoviyaves nudheynan. hus dhogu hadhamun dhuvanee. amilla baisaa mlhin kandanee. eyna heekuree dho ekahala gamaarunkamai mihaaru hulhumeedhooga ulhenee.

    eynage bas adhi mdpge basves mihaaraku ethaaku nuvikeyne.

    ReplyDelete
  22. Addu Hassan Said...

    Aharenge anhenunge number dheefaanan beynun meehakah.. ahannah gulhaalaa eyrun libeyne.. (Shhhhh.. Varah faseyhain Hadhdhaaleveyne.)

    ReplyDelete
  23. afinnah olhige sympathy vote hoadhaahingaameehakaa..TVM in dhehki bahusubelimeehakaa engeyheh kankaakan sympathy vote hoadhaa hingee...Thimaakee dhera nikamethi meehakaau,thimaa balibondokedei varah nikamethihaalai bappa ekaniyau ,thimaa adhiyas gevadah nilibeiyau....mivaahaka dhehki meehaa libeheh sympathy vote.

    ReplyDelete
  24. shabadey campaign ofeehah konmidhuvaki ziyaarahkeraa adhi ethani massahkaikeraa meehuingetherein 20% ves shabadey ah vote nidheyhehkan yageen.

    ReplyDelete
  25. hehehe shabadey ai ehkoh othy leyah masahkah kuree team eh..shabadey hovaafa dhoo kuraany!!

    ReplyDelete
  26. މަކީ އެއްވެސް މީހަކާއް ސަޕޯޓް ކެރާ މީހަށް ނުން. މިކޯ މިހިށީ ރާއްޖެއިން ބޭރެ... އެހެންވީމެއި ވޯޓަކަސް ނިލިޔޭހެއް.. އެހެންފެހެނާކިއަސް މެގަޗިޕުން ކޮމްޕިއުޓަރ ހިލެއި ބައެއް ތަންތާން ހަދިޔާ ކެޑެކަން ދެނަހިށިން..އޭގެތެރޭގައި ވިލިގިލި ކުޑަކުދިންގެ ހިޔާ، އަދި އޭރުގެ އެންވަރުމެންޓް.. އަދި އެހެން ބައެއް ތަންތަނަށް ވެސް ހިމެނޭ... ނޫހުން ދުށިން ޔަގީނުންވެސް..އެންޓިކެމްޕެންކުރާއިރު މީހުންނަށް ނޭގޭ ކަންތައްތަކުގެ ވާހަކަ ދެއްކިދާނެ ދޯ.... ،

    ReplyDelete
  27. Michcha says...
    mirey jalsa ah dhiya gina meehun fenifa hairaan vejje... kureega gasthu kuree shabdey ah vote dheyn.. ekamaku mirey hithah eree keekuranhey vote beykaaru kuranee.. dhen vote laanee ilyas ah... hushuhei emmenas vote beykaaru nikoh ilyas ah vote lau..

    ReplyDelete
  28. mavotaa nilibeyhe ilyas ah dhuvahakiyas ma kaara dhinas nilibeyhe

    ReplyDelete
  29. gandiyaa ferethamaakah shabadaa iyage bappa vote hoadha fela maikalo au keyneee.iyakah ilibeyhe ferethumaakah iyage anhenunge aailaa ammen ge votas balaah nunee iyakee mithaaki genume laameeha nuney

    ReplyDelete
  30. balaanuny fada boagen balhaamen..ilyas ai iyage team hingany hei balivegen dheee..balaa hovafelau nogoo balhaa men..den thankedah bondo varo dheee...rundi vahtharo vaahaka nidahkaa hedhiya..myhun boa gabool nikeraa vahaka nidahkaa hethiya...mahuvei vatharo jahsaafehey labeebge oriyaan foto jahalaahumaa...5 yr veythi kohj ilyas ah fada boa dheyshumaa fenene konmethaankun..

    ReplyDelete
  31. amellaa meesmeehunge nami sity as leynah fashagathaa...ehenmei oriyaan photo as amella hadhafei jahau ekalaki shabadey ah gina vote libeyheh.

    ReplyDelete
  32. shabadey ah nilibeyhe votah kommi kamah kedas.iya indhe gen hinne anhen koyyaage oriyaan photo jehias votah iyakah nilibeyhe. balaverikamah nunee iyakee keyye.konthaakun aa kon haisiyyathah hishi meeehah.vote nihoadhai maaragalha nunee issashi hoadhi fehya

    ReplyDelete
  33. ballannunyn ilyas meedhoo kudhinna kithamevaraka gulhiyas meedhoo kudhiya ilyas ah vota nidhey shiya

    ReplyDelete
  34. ilyas miko damy gahagen vote hoadha meedhoon bitakaa naagenhigany....ma benaaanei ilyas niinnashiyau ballahehthi mikalas hithadhoo koodhakaai rah tehi vegen hishe vote hoadhaa veemei akoiyaa dhookohli

    ReplyDelete
  35. Yaa Yaa no one from Addu and neither from the whole country beleived that this idiot would win. Actually he didint win, He used MDP and Anni's power and made him win.
    Hard that they took more of the voting bullets to addu than the registered number of voters and took 600,000 MRF and bought ID cards of some Addu people .
    He did many underground activities like this on the day the election went on.

    ReplyDelete