Monday, May 4, 2009

ޑރ. އަފީފަށް ވޯޓު ނުދޭންވީ ސަބަބުތައް

1.      ޑރ. އަފީފަކީ ރާއްޖޭގައި މިވަގުތު ހުރި ދިވެހި އެންމެ މޮޅު ކުޑަކުދިންގެ ޑޮކްޓަރެވެ. އަފީފު މަޖިލީހަށް ހޮވިއްޖެ ނަމަ އަފީފުގެ ޚިދުމަތުން ދިވެހިން މަޙްރޫމު ވާނެއެވެ.

2.      މަޖިލީހަށް ހޮވުމުން ބަލިމީހުން ބެލުން މުޅިން ހުއްޓާލަން އަފީފަށް މަޖުބޫރު ވާނެއެވެ. ސަބަބަކީ މިހާރުގެ މަޖިލީހާއި ޚިލާފަށް އާ މަޖިލީހުގެ މަސައްކަތް ނުހަނު ބުރަވެ ގިނަވާނެތީއެވެ. މަޖިލީހުގެ ވަގުތު ހެނދުނު 9 އިން ހަވީރު 4 ޖަހަންދެން އިތުރުކުރަން ހުށަހަޅާނޭ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން މިހާރުވެސް ވަނީ އިޢުލާން ކޮށްފައެވެ. މީގެ އިތުރުން ކޮމިޓީ ބައްދަލުވުން ތައް ހަވީރުން ފެށިގެން ރޭގަނޑު 11 ޖަހަންދެން މިހާރުވެސް ކުރިއަށް ދެއެވެ. އެހެންކަމުން މަޖިލީހުގެ ގޮނޑިއެއް ފުރުއްވަމުން ތުއްތު ކުދިން އަފީފަކަށް ނުބެލޭނެއެވެ.

3.      އަފީފު މަޖިލީހަށް ކުރިމަތިލީ ރަޢްޔިތުންނަށް ޚިދުމަތް ކުރާކަށެއް ނޫނެވެ. މަޖިލީހަށް އަފީފު ކުރިމަތިލީ އޭނާ އާއި އޭނާގެ އަމިއްލަ އާއިލާގެ އެޖެންޑާއެއް ކުރިއެރުވުމަށް ބޭނުންވާތީ އެވެ.

4.      ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ޙަޤީޤަތުގައި ވެސް އަފީފު ބޭނުންފުޅު ވެލައްވާ ގޮތް ނަމަ ރައްޔިތުން މިއަދު އަފީފުގެ ކިބައިން އެދެނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރުމަށެވެ. އަޅުގަނޑު މެންގެ ޅަ ކުދިން އަފީފު މެން ފަދަ ތަޖުރިބާކާރު ޤާބިލު ޑޮކްޓަރަކު ބަލާލުމަކީ ހަމަ ކޮންމެ މަޔަކަށްވެސް އަދި ބަފައަކަށްވެސް ލިބޭނޭ އެންމެ ބޮޑު އެން ހިންހަމަޖެހުމެވެ.

5.      އަފީފު ހުޅުމީދޫ ދާއިރާއަށް ޚިދުމަތް ކުރަން ބޭނުން ފުޅު ވެލެއްވާނަމަ އެ ދާއިރާގައި ކުޑަކުދިން ނަށް ޚާއްޞަ ކްލިނިކެއް ޤާއިމުކޮށް އެ ކްލިނިކް ގެ އިސްބޭފުޅަކަށް ހުންނަވަން ވީއެވެ.

6.      މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން އަފީފުގެ ޚިދުމަތް މުޅިރާއްޖެއަށް ލިބުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން އެ ފުރުޞަތުން ދިވެހިން މަޙްރޫމް ކުރުމަކީ ތިމާގެ އަމިއްލަ އެދުން އިސްކުރުމެވެ. ރަޢްޔިތުންނަށް ޚިދްމަތް ކުރުމެއް ނޫނެވެ.

7.      އަމިއްލަ މަޞްލަހަތު ކުރިއެރުވުމުގެ އިތުރުން އަފީފު ގެ ޢާއިލީ މަޞްލަހަތުވެސް ކުރިއަރުވަން ބޭނުންވެއެވެ. މިގޮތުން އަފީފަކީ އޭނާއަށް ބޮޑުބޭބެ ކިޔާ ހުސްނުއް ސުއޫދުގެ އެޖެންޓެކެވެ. މަޖިލީހުގައި އަފީފުޖެހޭނީ ސޫދު އެދޭގޮތަކަށް ސޫދުގެ މަންފާއަށްޓަކައި ވަކާލާތު ކުރާށެވެ.  

8.      ސޫދު މިހާރު ފައިނަގާފައި އެވަނީ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށެވެ. އަފީފު ޖެހެނީ މަޖިލީހުގައި ސޫދަށް އެ މަޤާމު ހޯދާދިނުމަށް އެހީތެރިވެ ދިނުމެވެ. މީގެ މާނައަކީ މިހާރު މީދޫ އަށް ނިސްބަތްވާ އުއްތަމަ ފަނޑިޔާރު އަބުދު ﷲ ސައީދު އެ މަޤާމުން ވަކިކޮށް އަފީފުގެ ތިމާގެ މީހާއަށް އެ މަޤާމު ލިބޭނެއެވެ.

9.      އަފީފު ކިތަންމެ ބޭނުންވިއަސް މަޖިލީހުގައި ޖެހޭނީ ސޫދު އާއި ޑރ. މުނައްވަރު ގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.  

10. ފަންނު ވެރިންނަށް ނޫނީ ޑޮކްޓަރެއްގެ މަސައްކަތެއް ނުކުރެވޭނެއެވެ. އަފީފު އަކީ އޭނާގެ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދީފައިވާ އަދި އިތުރަށް ކުރެވިދާނެ މީހެކެވެ. އެހެންކަމުން އަފީފުމެންގެ ޚިދުމަތް ދިވެހިންނަށް ދެމެހެއްޓެނިވި ގޮތުގައި ލިބިދިނުމަށްޓަކައި މަޖިލީހަށް އިންތިޚާބު ނުކުރުމުގެ އަޒުމް ކަނޑައަޅަމާތޯއެވެ؟ އެއީ ޤައުމަށާއި އަދި އަފީފަށްވެސް ކޮށްދެވޭ ހެޔޮ ކަމަކަށް ވެގެންދާނެ ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ. އަފީފުވެސް އެކަން ކުރިމަގުގައި ޤަބޫލު ކުރައްވާނެއެވެ. އަފީފުގެ ބޭބެ އަންވަރުވެސް މަޖިލީހަށް އިންތިޚާބު ވުމުން ވަޑައިގަތީ ކިޔަވާ ވިދާޅުވާށެވެ. އަފީފުވެސް ކަންކުރައްވާނީ ހަމަ އެފަދައިންނެވެ. ސަބަބަކީ އެއީ އެބޭބޭފުޅުންގެ ދާއިރާ ކަމަށްނުވާތީއެވެ.

ލިޔުން ނަގާފައި ވަނީ އަންނިވޮޗް.ކޮމް އިން

8 comments:

  1. EY AFEEF KAIREEGA BUNEBA MASAAJU PARLAA HINGEEMAVES VAAVARAI LAARI NULIBENEETHO

    ReplyDelete
  2. EHAA HULHUMEEDHOOYAI KURI ERUVUN BEYNUMIYYA RASHUGA HUNNNANVEENU GONDI ALHAIGEN KUDA KUDHIN BELUMUGE HIDHUMATHGAI.

    ReplyDelete
  3. AFEEF KURIMATHILEE AFEEFUGE RATTEHINNAAI ADHI AFEEFUGE HURIHAA AAILAAGE MEEHUNNAITTAKAI. EHEN VEEMA EYNAGE AAILAAIN VOTE DHEYNEE HAMAEKANI.
    SAY NO TO AFEEF

    ReplyDelete
  4. AFEEFGE CLINICAKEE MIHAARU AFEEFGE CAMOAGHN OFFICE.

    ReplyDelete
  5. ladhugannajeheyvaruge kanthai dho. aharenves nudheynan afeefakai vote. varai amilla edhun gengulhey golayei. afeef masaaju parlaa hingaa thee thedei maves gabool. adu kaireega dho ethan hunnanee.
    afeef mee varai amilla edhun bodumeehei.

    ReplyDelete
  6. excellent points, if afeef is to serve people better open a clinc and serve our babies

    ReplyDelete
  7. އަފީފަށް ތިޔަބޭފުޅުން ވޯޓް ދެއްވަންވީ ތިޔަ ލިޔުމުގައި ލިޔެފައިވާ ވާހަކަތަކަށް.ލިޔުމުގެ މަގުސަދަކީ އަފީފަށް ވޯޓްދޭން ތިބި މީހުންނަށް އޮޅުވާލަން. މަޖުލިހަށް ހޮވުނަސް ނުހޮވުނަސް އަފީފް އޭނާގެ ޕްރޮފެޝަނެއް ދޫނުކުރާނެ.ވީމާ އަފީފަށް ވޯޓް ދެއްވާ!

    ReplyDelete
  8. roalhi vai thoa fadabouy

    ReplyDelete