Sunday, May 3, 2009

ގަންޖާ ސަރުކާރުގެ ކުޑަގޮޅާ ގަންޖާ އިން ހައްޔަރު ނުކުރާނެ ކަމަށް ބުނެފި

 މޭއި ވީދުވަހު ދެއްވަދޫ ގައި ބޭއްވި ބައްދަލުވުމެއްގައި އަލްފާޞިލު ކުޑަގޮޅާ ވާހަކަ ދައްކަމުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 6 މީހަކު އޭނާއަށް އެނގޭ ކަމަށާއި އެހެން ނަމަވެސް އެމީސްމީހުން މިހާރު ހައްޔަރު ކޮށްފިނަމަ އެއީއިންތިޚާބާއި ގުޅުވައިގެން ކުރާ ކަމެއް ކަމަށްވެސް ވާހަކަ ދައްކާނެތީވެ އެކަން އަދި ކުރަން ގަސްދު ނުކުރާ ކަމަށެވެ. މީގެ އިތުރުން މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ޖަލަށް ލުމަކުން އެ މައްސަލަ ހައްލެއް ނުކުރެވޭނޭ ކަމަށްވާތީއެފަދަ މީހުން ޖަލަށްވެސް ނުލާނޭ ކަމަށް ކުޑަގޮޅާ ބުންޏެވެ.

ވާނީވެސް ހަމައެހެންތާއެވެ! ކުޑަގޮޅާ ކައިރީގައި އުޅޭ ޖުހާ މެން، ފަހަލަ ސައީދު މެން ފަދަ މީހުންނަކީ އަބަދުވެސް ހަމަހެއަކު އުޅޭ ބައެއް ނޫނެވެ. އެހެންކަމުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭނޭ ކަމެއްވެސް ނޮއޮންނާނެތާއެވެ.

ކުޑަގޮޅާ ގެ ވާހަކައިން ވަރަށް ސާފުކޮށް އެނގުނު އެއްކަމަކީ އޭނާ ގާނޫނާއި ޚިލާފުވެފައިވާ ކަމެވެ. ސަބަބަކީ ދިވެހިރާއްޖޭގެ މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު ބުނާގޮތުން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާކަން އެނެގިހުރި ނައަންގާހުރުމަކީ ބޮޑުވެގެންވާ ޤާނޫނީ ކުށެއްކަމަށެވެ. އެފަދަ މީހަކަށް ޖަލުގެ ހުކުމް ޝަރުޢީ ކޯޓުން ކުރަންޖެހެއެވެ. އެހެންކަމުން މިހާރުން މިހާރަށްވެސް ފުލުހުން މިމައްސަލަ ބަލާ ތަހުޤީޤު ކުރަންޖެހެއެވެ. ކުޑަގޮޅާ އެވަނީދިވެހިއެންމެހާ ރައްޔިތުންނަށް އަޑުއިވޭ ގޮތަށް އަދި ފެންނަ ގޮތަށް މިކުށަށް އިޢުތިރާފު ވެފައެވެ. އިތުރަށް ކުރަންޖެހޭ ތަހްޤީޤެއް ނޮއޮންނެއެވެ.

ހަޤީޤަތުގައި ކުޑަގޮޅާ ގެ އަމަލުން އެސާބިތު އަނެއްކަމަކީ ފުލުހުންގެ ވާޖިބަށް ކުޑަގޮޅާ ހުރަސް އަޅަނީކަމެވެ. މަސްތުވާތެކެތީގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ވިޔަނުދީ ދޫކޮށް ބެހެއްޓުމަށް ކުޑަގޮޅާ ފުލުހުންނަށް އަމުރުކުރަނީކަމަށެވެ.

މީގެ އިތުރުން ކުޑަގޮޅާ ހަޤީޤަތުގައި ގައުމީ ޓީވީ މެދުވެރިކޮށް މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ދިމާލަށް އެބުނީ ކަލޭމެން އަވަހަށް ފިލާށޭ. ރައްކާވާށޭ. ގައުމު ދޫކޮށްފަ ދާށޭ. އިންތިޚާބު ނިމުމުން ރައްޔިތުންގެ ލޮލުގައިއަނދުން އެޅުވުމުގެ ބޭނުމުގައި ތިމަންނާ އަށް ކޮންމެވެސް ވަރެއްގެ އޮޕަރޭޝަނެއް ހިންގަން ޖެހިދާނެއޭ.

އެހެން ނޫންނަމަ ކުޑަގޮޅާ މީހާރުއްސުރެން އެރާވަނީ ކޮންމެވެސް ޕާޓޭއިން ތަކެއް މެދުވެރިކޮށް ކުޑަގޮޅާ އާއި ޚިޔާލު ތަފާތުވާ މީހުން މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ފްރޭމް ކުރާށެވެ.

ކުޑަގޮޅާގެ ބަހާއި ޢަމަލުން ދިވެހިރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާ އެކައްޗަކީ މަސްތުވާތަކެތީ މައްސަލަ ކުޑަގޮޅާ ހައްލު ކުރަން ބޭނުން ނޫންކަމަށެވެ. ލޮބުވެތި ރައްޔިތުންނޭވެ. މިފަދަ ނުލަފާ ގޮތްކުޑަ މީހަކަށާއި އެމީހަކުނިސްބަތްވާ ޕާޓީއަކަށްވެސް ވޯޓުދިނުމަކީ ތިމާގެ އަމިއްލަ ހަލާކެވެ. އެހެންކަމުން އެފަދަ އެއްވެސް ބަޔަކަށް ވޯޓުނުދިނުމަށް އަޒުމް ކަނޑައަޅަމާތޯއެވެ؟

އަރޓިކަލް ނަގާފައިވަނީ: އަންނިވޮޗް.ކޮމްއިން

4 comments:

  1. anni..bodu jinni!!

    ReplyDelete
  2. Ganjaa anni...Dhun boa anni..Fegu bao anni. Raboa anni

    ReplyDelete
  3. KALO MIHAARU KITHAMME ADU LEVIYAS ANNIYAKEE 5 AHARU VANDHEN VERIKAN KOI ADHI KURIYAI OI 25AHARUGAVES VERIKAN KURAANE MEEHAA.
    DHEN LALALAAAA

    ReplyDelete
  4. Go for vote, vote for shabaday

    ReplyDelete