Monday, May 18, 2009

ރަޢީސް ނަޝީދުގެ "ސިޔާސަތު" ހަޖަމުކުރުމުގެ ނިޒާމަށް އެރަރ އަރައިފި!

އެޓަރނީ ޖެނެރަލްކަމުގެ މަޤާމުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދު މިއަދު ވަކިކުރައްވައިފިއެވެ. 

ދިވެހި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ މަގާމުން އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފިކަން ހާމަކުރައްވައި، ރައީސް އޮފީހުން ނެރުއްވި ޚަބަރުގައިވަނީ، އެޓަރނީ ޖެނެރަލް މަޤާމުން ވަކިކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި، 137 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ. ނަމަވެސް އެކަމަނާ އެމަގާނުން ވަކިކުރެއްވި ސަބަބު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވާފައިނުވެއެވެ.

އެޓަރނީ ޖެނެރަލްކަމުގެ މަގާމުން ދުރުކުރެއްވުމާއިގުޅިގެން "ހާމަ" ނޫހަށް ދެއްވި ބަސްދީގަތުމުގައި ދިޔާނާ ސައީދު ވިދާޅުވީ، އެކަމަނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައި ނެތުމުން ދެންނެވޭނީ އެކަމަނާއަށް ލަފާކުރެއްވޭ ގޮތެއްކަމަށެވެ. މިގޮތުން އެކަމަނާއަށް ލަފާކުރެވޭގޮތުގައި ، މަޤާމުން ވަކިކުރެއްވީ، ރައީސް ނަޝީދު ނުވަތަ ސަރުކާރު ހިތްޕުޅާވާގޮތަށް ޤާނޫނީ ލަފާ އެކި މައްސަލަތަކުގައި ނޭރުވީކަމަށް ޤަބޫލުކުރެއްވޭކަމަށް، ބަންޑާރަ ނާއިބްކަމުގެ މަޤާމުން މިއަދު ވަކިކުރެއްވި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވިއެވެ. "ސިޓީގައި ނެތް ވަކިގޮތެއް ބަޔާންކުރައްވާއެއް. އެހެންވީމާ ލަފާކުރެވޭގޮތެއް ދެންނެވޭނީ. އެގޮތުން ބަލާއިރު، ރައީސް ނަޝީދު ނުވަތަ ސަރުކާރު ހިތްޕުޅާވާގޮތަށް، އެބޭފުޅުން ބޭނުންފުޅުވާގޮތަށް ޤާނޫނީ ލަފާ އެކި މައްސަލަތަކުގައި ނޭރުވުނީކަމަށް ޤަބޫލުކުރެވެނީ." ބަންޑާރަ ނާއިބްކަމުގެ މަޤާމުން ވަކިކުރައްވައިފިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވުމަށްފަހު މީޑިއާގެ ވަޞީލަތަކަށް ފުރަތަމަ ދެއްވި ބަސްދީގަތުމުގައި "ހާމަ" ނޫހުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ދިޔާނާ ސަޢީދު ވިދާޅުވިއެވެ. 

ދިޔާނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚްގައި ފެނިފައިވަނީ ދެވައްތަރެއްގެ ބަންޑާރަ ނާއިބުންކަމަށާއި އެއްވައްތަރަކީ އޭރަކު ހުންނަވާ ވެރިޔަކު ހިތްޕުޅާވާގޮތަށް ޤާނޫނީ ލަފާ ދެއްވުންކަމަށާއި ދެވަނަގޮތަކީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގައިވާގޮތުގެމަތިން ޤާނޫނީ ލަފާދެއްވުންކަމަށެވެ. އޭގެތެރެއިން އެކަމަނާ އަމަލުކުރެއްވީ ދެވަނަ ގޮތްކަމަށްވާ، ޤާނޫންއަސަސީއާއި ޤާނޫންތަކާއި އެއްގޮތްވާގޮތުގެމަތިން ކަމަށެވެ. "އޭގެތެރެއިން އަޅުގަނޑު ޢަމަލުކުރީ ދެވަނަގޮތަށް. އަޅުގަނޑު އެމަގާމުގައި ހުރިއިރު ނުބަލަން އެބޭފުޅުން ހިތްޕުޅާވާހާގޮތަކަށް ޤާނޫނީ ލަފާ ދެއްވުމަކަށް. އަޅުގަނޑުބެލީ ޤާނޫނުއަސާސީއާއި ޤާނޫންގައިވާގޮތުގެމަތިން އަޅުގަނޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރެއްވޭތޯ. އެބޭފުޅުންނަށް އެގޮތް ކަމުނުދިޔައީ ކަންނޭނގެ" ޖުމްހުރީ ޕާޓީގެ މެމްބަރެއްގެގޮތުން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ދިޔާނާ ސަޢީދު ވިދާޅުވިއެވެ. 

ނަމަވެސް ފާޠިމަތު ދިޔާނާ ސައީދުގެ މިވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެރެޓްރީ މުހައްމަދު ޒުހައިރުވަނީ ދޮގުކުރައްވާފައެވެ. "ދިޔާނާ ސައީދު އެމަގާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެދަށުން ލިބޭ ބާރުގެދަށުން. އެއްވެސް ހާލެއްގައި އެކަމަނާ ޤާނޫނީ ލަފާތަކެއް ދެއްވިގޮތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެއް ނޫން. އެކަމަނާ ކޮށްދެއްވި މަސައްކަތްތަކުގެ އަގު މިސަރުކާރުން ވަޒަންކުރަން. އެއީ އެކަހަލަ ދެތިން ޤާނޫނީ ލަފައަކުން ހަނދާން ނައްތާލެވޭވަރުގެ ޚިދުމަތްތަކެއް ނޫން. ރައީސް ނަޝީދުވެސްވަނީ އެކަމަނާއަށް ޝުކުރު ދަންނަވާފައި" ޕްރެސް ސެކެރެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވިއެވެ. 

ދިޔާނާގެ ބަދަލުގައި އެޓަރނީ ޖެނެރަލްކަން ދެއްވުމަށް ރައީސް ނަޝީދު ޤަސްދުކުރައްވައިގެން ހުންނެވީ އެމްޑީޕީގެ ޗެއަރޕަރސަން މާރިޔާ އަޙްމަދު ދީދީއަށްކަމުގެ އަޑުތައްވ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންވަނީ އަރާފައެވެ. ނަމަވެސް މާރިޔާ ގޮނޑި ކާމިޔާބުކުރެއްވުމުން، މިހާރު ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރިގޮތުން ދެން އެމަޤާމު ދެއްވާނެކަމަށް އެންމެބޮޑަށް ބެލެވެނީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުއޫދުކަމަށް އިތުބާރުހުރިގޮތެއްގައި ވަނީ އެނގިފައެވެ. އަދި  އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހަސަން އަފީފްއަށްވެސް އެޓާރނީ ޖެނެރަލްގެ މަގާމް ދިނުން ގާތްކަމަށް ބައެއް ފަރާތްތަކުން ބުނަމުންގެންދިޔަނަމަވެސް އަފީފްއަށް ދިނުން އެންމެގާތީ މިހާރު ހުސްވެފައިވާ ހޯމް މިނިސްޓަރުކަމުގެ މަޤާމްކަމަށް އިތުބާރުހުރިގޮތެއްގައި ޚަބަރު ލިބިފައިވެއެވެ. ކުރިން ހޯމް މިނިސްޓަރުކަމުގެ މަގާމް ދެއްވާނެކަމަށް ގިނަބަޔަކު ޔަގީންކޮށްގެން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމް އަދާކުރައްވަމުން ގެންދަވާ ބަގީޗާގޭ މުހައްމަދު ޝިހާބެވެ. 

އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އެޓަރނީ ޖެނެރަލްކަމުގައި ހުންނަވައިގެން ރައީސް ނަޝީދަށް ދެއްވާފައިވާ ޤާނޫނީ ލަފާފުޅުތަކާއިގުޅިގެން، އެއިން ކޮންމެފަހަރަކުވެސް ރައީސް ނަޝީދުވަނީ އެލަފާފުޅުތައް އަނބުރާ އެކަމަނާއަށް ރައްދުކުރައްވާފައެވެ. 

ރައީސް ނަޝީދު ދިޔާނާ ސަޢީދު އެޓަރނީ ޖެނެރަލްކަމުގެ މަޤާމުން ވަކި މިކުރެއްވީ، ރައީސް ނަޝީދާއި އެކަމަނާއާއިދެމެދު ޖެހިފައިވާ މައްސަލަތަކާއެކުވެސް، އަމިއްލަފުޅަށް އިސްތިޢުފާ ދެއްވަން ޤަސްދުނުކުރައްވާކަމަށް ވިދާޅުވެފައިވަނިކޮށެވެ. 

ރީޖަނަލް ކައުންސިލެއް އުފެއްދުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫންކަމަށް ފެންނާތީއާއި, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ޕްރޮވިންސްތަކަށް ބެހިދާނެތޯއާއި, އެއިން ކޮންމެ ޕްރޮވިންސެއްގައި ސަރަޙައްދީ ކައުންސިލެއް ޤާއިމްކޮށް, އެއީ ޤާނޫނުއަސާސީގައި ބުނާ އަތޮޅު ކައުންސިލްކަމުގައި ބެލެވިދާނެތޯ, ބެލުމަށް ބަންޑާރަ ނާއިބް ސްޕްރީމް ކޯޓްގެ ލަފާފުޅަކަށް އެދިވަޑައިގަތުމުން އެލަފާފުޅު އަނބުރާ ގެންދެވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިޔާނާއަށްވަނީ އަންގާފައެވެ. އަދި ޕްރޮވިންސްތަކަށް ބެހުމުގައި ގާނޫނީ މައްސަލައެއް އޮތްކަމަށް ސަރުކާރުން ގަބޫލު ނުކުރައްވާތީ ސުޕްރީމް ކޯޓުގެ ލަފާ އަނބުރާ ނުގެންދަވައިފިނަމަ މަގާމުން ވަކިކުރައްވާނެކަމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންޒާރު އައިސްފައިވާކަމަށް އޭރުވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

މިނިވަން އިންސާފްވެރި އިންތިޚާބަކަށް ހުރަސް އެޅިދާނެފަދަ އެންމެހައި އަމަލުތަކުން ސިޔާސީ ވެރިން އެކަހެރި ކުރެއްވުމަށް އެދި ފާޠިމަތު ދިޔާނާ ސައީދު, ރައީސް މުހަންމަދު ނަޝީދަށް ލަފާފުޅު އަރުވާފައިވެއެވެ. އެލަފާފުޅުގައި ދިޔާނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ވަކި މިސްރާބަކަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކައުންސިލަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ނާޖާއިޒުގޮތުގައި މަގާމުގެ ބޭނުން ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ. މިކަމާއިގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިޔަނާގެ އެލަފާފުޅުތަކުގައި އެކަމަނާގެ އަމިއްލަފުޅު މަސްލަޙަތުތައް ހިމެނޭ ކަމަށެވެ. އަދި އިންތިޚާބްގެ ދުވަސްވަރު އެމްޑީޕީ ނޫން ވަޒީރުން އިންތިޚާބްގައި އެބޭފުޅުންގެ ޕާޓީތަކަށް ކާމިޔާބު ހޯއްދެވުމަށް "ކުޑަކޮށް ލާނެތްކޮށް އުޅުއްވަނީ" ކަމަށާއި އެކަމާއި އެމަނިކްފާނު "ކަންބޮޑުވެނުލައްވާ" ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ މުހައްލިލުން ވިދާޅުވާގޮތުގައި، ރައީސް ނަޝީދުގެ މިފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބި، އިންތިޚާބްގެ ގޮނޑިތައް އެހެން މިސްރާބަކަށް ދިޔުމުން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށެވެ..

11 comments:

  1. diana ehgothakah ves dhera vaane kameh neiy.diana ge musthaqbal othee kuriah

    ReplyDelete
  2. yesh,...we the hulhudhuans r wid dhiyana..just get devorse fro the lolly jabir..he is an ass..for flat dhonbe ..u mother fucker..we adduans will giv u a lesson next time..

    ReplyDelete
  3. thikan kuranvee adhi maa kurin..adhives fuppaafa ulheythi..rangalha v..Foni vaa emmena vaanee thihen..dhen lalalaaa.

    ReplyDelete
  4. Dhen Ilyas Labeebah mi magaamu dhee...hahahaha

    ReplyDelete
  5. Haadha reechey!

    ummmmmah!

    ReplyDelete
  6. hehehe dhiyaana onaane fada bovifa..den lalalalala

    ReplyDelete
  7. mahuvai kalo afirin thibee dhiyaanaaekuga

    ReplyDelete
  8. mahuvei dhyaanaa fadai 555 thin..kekekke

    ReplyDelete
  9. haudahai update nivay site ekeay meee dee...................koyya men miyaa update koffelau........

    ReplyDelete
  10. dhiyana abaduves bo echehee ge vahaka dakanee keekuran.. thats a hot drink.... yum yummmmy

    ReplyDelete