
ހެރެތެރޭގައި ހިނގަމުންދާ ހަނދުފުށީ ރިޒޯޓުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން، އެއްވެސް އިންޒާރެއްނުދީ ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން ޢަމަލު ކުރެއްވޭނެ ގޮތްތަކަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި، އެމަޖިލީހަށް ލަފާދޭ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ލަފާދޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، މިކޮމިޓީގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަގުތުން ބައްދަލުކުރައްވައި، މިކަމުގެ މަޝްވަރާތައް ބޭއްވެވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީފާއިން ވަކިކުރެއްވި މުވައްޒަފުންގެ މައްސަލައަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ މެދުވެރި ކުރައްވައިގެން، ވެވަޑައިގެންހާ އަވަހަކަށް ޙައްލެއް ހޯއްދެވުމަށް ނިންމެވިއެވެ. އަދި ހެރެތެރެއަކީ އެމް.ޓީ.ޑީ.ސީ.ގެ ޕްރޮޕަޓީއަކަށްވާތީ، ސަބްލީޒް ކުރެވިފައިވާ ފަރާތުގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް ނަމަވެސް، މި ޕްރޮޕަޓީ ބެލެހެއްޓުމަށްޓަކައި އެމް.ޓީ.ޑީ.ސީ.ގެ ފަރާތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު އެޅުއްވުމަށްވެސް މިކޮމިޓީން ނިންމެވިއެވެ.
lolly jabir ge ah dhashun handhufushi salaamah kurahvaafaan dheyve!!
ReplyDeleteresort hingeyfadha beyfulhunnaa handhufushi havaalu kurumah sarukaarah govaalaa samaalukamah genaumah hulhumeedhoo ge lobuvethi member ah govaalan
ReplyDelete