Thursday, May 28, 2009

ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަބްދުﷲ ޝާހިދު އަދި ނައިބު ރައީސަކަށް އަހުމަދު ނާޒިމް އިންތިޚާބުކޮށްފި


މަޖިލިހުގެ ނައިބު ރައީސަކަށް އަހުމަދު ނާޒިމް އިންތިޚާބުކޮށްފި

މިއަދު ފެށުނު 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސަކަށް ޑީއާރުޕީގެ ފަރާތުން ހުށަހެޅުއްވި ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް އިންތިޚާބުކޮށްފިއެވެ. މި މަގާމަށް ނާޒިމްއާއި ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވި އަހުމަދު ހަމްޒާއެވެ.

ތިރީގައި އެވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މަޖިލިސްގެ މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުގެ ނަތީޖާއެވެ.

އަހުމަދު ހަމްޒާ ލިބުނު ވޯޓް 33

އަހުމަދު ނާޒިމް ލިބުނު ވޯޓް 41

ހާޒިރުވި މެމްބަރުންގެ އަދަދު 76

ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަދަދު 75

ފާސްވުމަށް ބޭނުންވާ އަދަދު 38

ބާތިލް 1

1503

މަޖިލިހުގެ ނައިބު ރައީސަކަށް އެމްޑީޕީން އަހުމަދު ހަމްޒާ އަދި ޑީއާރުޕީން އަހުމަދު ނާޒިމްގެ ނަން ހުށަހަޅައިފި

ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އަދި ބިލެއްދޫ ދާއިރާގެ އަހުމަދު ހަމްޒާގެ ނަން ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިއާ އަހުމަދު ދީދީ

ނާއިބް ރައީސްގެ މަގާމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދުގެ ނަން މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ހުށަހެޅުއްވި. ނަމަވެސް ނަޝީދުވަނީ އެކަމަށް ތަނާޒިރުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައި

1445

މަޖިލިހުގެ ރައީސަކަށް އަބްދުﷲ ޝާހިދު އިންތިޚާބުކޮށްފި

17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް ޑީއާރުޕީއަށް ނިސްބަތްވާ, ކެޔޮދޫ ދާއިރާގެ އަބްދުﷲ ޝާހިދު ދާދި ދެންމެއަކު އިންތިޚާބުކޮށްފިއެވެ.

ތިރީގައިއެވަނީ މިހާރު ކުރިއަށްދާ 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި މަޖިލިހުގެ ރައީސެއް އިންތިޚާބުކުރުމަށް ނެގުނު ސިއްރު ވޯޓްގެ ނަތީޖާއެވެ.

އަބްދުﷲ ޝާހިދު ލިބުނު ވޯޓް 42

އިބްރާހިމް މުހައްމަދު ސާލިހު ލިބުނު ވޯޓް 33

ހާޒިރުވި މެމްބަރުންގެ އަދަދު 76

ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަދަދު 75

ފާސްވުމަށް ބޭނުންވާ އަދަދު 38

1335

މަޖިލިހުގެ ރައީސްގެ މަގާމަށް އަބްދުﷲ ޝާހިދާއި އިބްރާހިމް މުހައްމަދު ސާލިހުގެ ނަން ހުށަހަޅައިފި

ކިނބިދޫ ދާއިރާގެ އަބްދުﷲ ޝާހިދުގެ ނަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ އަދި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސާލިހުގެ ނަން ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިއާ އަހުމަދު ދީދީ

1327

މަޖިލިހުގެ ރައީސާއި ނާއިބު ރައީސް ހޮވުމުގެ ކަންތައް ބެލެހެއްޓުމަށް ކޮމެޓީއެއް އެކުލަވާލައިފި

އެކި ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓަކު ހިމެނޭ މިކޮމެޓީގައި ތިއްބެވުމަށް ނަންތައް ހުށަހެޅުއްވީ ވިލިމާފަންނުގެ މެމްބަރު އަހުމަދު ނިހާން ހުސައިންމަނިކު

އޭނާ ހުށަހެޅުއްވި 5 މެމްބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ގަލޮޅު ދެނުކު ދާއިރާގެ އަހުމަދު މަހްލޫޕް, ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒް, ކިނބިދޫ ދާއިރާގެ މޫސާ ޒަމީރު, ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު އަދި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު

12.10

ޖަލްސާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސްގެ ރައީސާއި ނާއިބްރައީސް ހޮވުމުގައި ދެފަރާތަކަށް އެއްވަރަށް ވޯޓް ލިބިއްޖެނަމަ ރިޔާސަތުން ވޯޓްލުމާއި ބެހޭގޮތުން ޚިޔާލުތަފާތުވެ ނިޒާމީ ނުކުތާގައި ގަޑިއަކަށްވުރެ ގިނައިރު ހޭދަވެގެން ހިނގައްޖެ.

މިކަން ރިޔާސަތުގެ ސަލާމުކަމަށް ގެންނެވީ ޖަލްސާގައި ނެގުނު ފުރތަމަ ނިޒާމީ ނުކުތާގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދު ދީދީ

11:00

ރައްޔިތުންގެ މަޖިލީހުގެ ތާރީޚީ ޖަލްސާ ފަށައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދާއިރު, މަޖިލީހުގައި އަލަށް 56 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

10:17

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާދި ދެންމެއަކު ހުވާކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 76 މެމްބަރުންނަށް ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދެވެ.

ހުވާކުރެއްވުމާއެކު, މެމްބަރުންވަނީ ހުވާގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިހާރު ވަނީ ނިމިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށޭނީ 11:00 ގައި ކަމަށް އަމީން އާންމު ވަނީ އިއުލާން ކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އިންތިޚާބު ކުރައްވާނެ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ށ. ކަނޑިތީމް ދާއިރާގެ މެމްބަރު މުޙަންމަދު ހުސައިނެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޑީއާރުޕީން ވަނީ އަބްދުﷲ ޝާހިދު, އަދި ނާއިބްރައީސް ކަމަށް ޕީއޭގެ އަހުމަދު ނާޒިމްގެ ނަން ހުށަހަޅަން ނިންމާފަ އެވެ. އެމްޑީޕީން ނިންމާފައި ވަނީ ރައީސަކަށް އިބްރާހިމް މުޙަންމަދު ސޯލިހު, އަދި ނާއިބްރައީސަކަށް އަހުމަދު ހަމްޒާގެ ނަން ހުށަހެޅުމަށެވެ
.

2 comments:

  1. maruhaba... maruhaba.... shahidu a maruhabaa.....maruhabaa....maruhabaa.... nazima a maruhabaa.....
    adhi DRP maumoona maruhabaa....

    ranuge furusathu libifa thoithee DRP a kuria vadai ganavaa.....

    ReplyDelete
  2. mee nidafei onna site a dheeee

    ReplyDelete