ވަޒީރުންގެ މަޖިލިހަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަންފުޅުވެސް މަޖިލިހުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ. ވަކިވަކިން ވޯޓަށް އެއްސެވި ތިން ނަންފުޅުގެ ތެރެއިން އެންމެ ސިވިލް އޭވިއޭޝަން މިނިސްޓަރުކަމަށް މަހްމޫދު ރާޒީ، ހޯމް މިނިސްޓަރ ކަމަށް މުޙައްމަދު ޝިހާބު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެޓާނީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ހުސްނުއް ސުޢޫދު ނުފެންނަ ކަމަށް 32 މެންބަރުން ވޯޓް ދެއްވާފައިވާއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ. މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ވަޑައިގެންނެވީ ވޯޓް އެއްސެވި ގަޑީގައި 74 މެންބަރުންނެވެ. މިއަދު މަޖިލިހުން ކަމެއް ފާސްކުރަން ބޭނުންވަނީ 36 ވޯޓެވެ.
އިއްޔެ އާއި މިއަދުގެ ޖަލްސާގައި ވޯޓުލާނެ ގޮތަކާމެދު ބޮޑު ދެޕާޓީގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައިގައި ވަކިވަކިން ވޯޓަށް އައްސަވާގޮތަށް މަޖިލިހުގެ ރައީސްވަނީ ރޫލިން އެއް ނެރުއްވާފައެވެ. އެގޮތަށް ހަމަޖެއްސެވީ ހުސްވަގުތު ކޮޅުގައި އެމްޑީޕީ އާއި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސްބޭފުޅުންނާ ވާހަކަ ދައްކަވާފައިކަމަށް ވިދާޅުވިއެވެ. އެގޮތަށް ރިޔާސަތުން ނިންމެވުމުން ވަކިވަކިން ވޯޓަށް އެހުމަށް ހުށަހެޅުނު ހުށަހެޅުންވަނީ އަނބުރާ ގެންދަވާފައެވެ. އެހުށަހެޅުން ހުށަހެޅުއްވީ މ. މުލަކު އަތޮޅު މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

mee nidhafei onna site ah dhee. siyaasee hulhudhoo au keyfei miyaai hulhudhoo in hingaa evviyas siyaasee kamakaaai behey vaahakaah miyaai leyfei niovei. mee konthah. niveyhemmei huttalau. azaas ehishee nunee huttalai. dhen lalalalallaaaaaaaaaaa
ReplyDeleteAaaaaan thee hama thedheh......... mashah ves heevanee DRPA ah vikifa onna site eh hen mee. pakaaaaaaaaaaaaas
ReplyDelete