Sunday, May 10, 2009

މަރުޙަބާ އިލްޔާސް ލަބީބު

މަރުޙަބާ އިލްޔާސް ލަބީބު

އައްޑު އަތޮޅު ހުޅުމީދޫ ދާއިރާއަށް ރައްޔިތުންގެ މަޖިލިހުގައި އަޣުލަބިއްޔަތު ހޯދާފައިވާ އިލްޔާސް ލަބިބަށް މަރުޙަބާއާއި ތަހުނިޔާ 'ސިޔާސީ ހުޅުދޫގެ' ފަރާތުން އަރިސްކުރަމެވެ. މަޖިލީހުގެ އިންތިޚާބަށް ކެމްޕޭންކުރަމުން އައި ދުވަސްވަރު މި ވެބްސައިޓުބޭނުންކުރެވިފައި ވަނީ އިލްޔާސްއާ ދެކޮޅަށް ކެމްޕޭންކުރުމަށް ކަމުގައިވިޔަސް، އިލްޔާސަކީ މަޖިލީހުގައި އަޅުގަނޑުމެން ތަމުސީލުކުރަށް ހުޅުމީދޫގެ ގިނަ ރައްޔިތުން ވޯޓުދީގެން ހޮވުނުމީހަކަށްވިތީ، އިސްލާމީ ރިވެތި އަޚުލާޤާއި، ޑިމޮކުރެސީގެ ހަމަތަކުގެމަތިން އިލްޔާސަށް ތަހުނިޔަ ކިޔުމަކީ އަޅުގަނޑު ދެކޭގޮތުގައި މުހިންމު ކަމެކެވެ. ސަބަބަކީ، ކޮންމެގޮތެއްވިޔަސް ކުރިޔަށްއޮތް 5 އަހަރުގައި އަޅުގަނޑުމެންގެ އަޑުއުފުލުމަށް މަޖިލީހުގައި މަސައްކަތް ކުރައްވާނީ އިލްޔާސް ކަމަށް ވީތީއެވެ. އެއްބަޔަކު ރުހުނަސް އަދި އެއްބަޔަކު ނުރުހުނަސްވެސް މެއެވެ. މިއީ ޑިމޮކްރެސީގެ ހަމައެވެ.

ނަމަވެސް މި ފުރުޞަތުގައި އަޅުގަނޑު އިލްޔާސް ލަބީބަށް ހަނދުމަފުޅުކޮށް އަރުވަންބޭނުންވާ ދެތިން ޕޮއިންޓެއް އެބައޮތެވެ. އިލްޔާސް މަޖިލީހުގެ ގޮނޑި ހޯދުމަށް މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ވަޢުދުތަކެއްވަނީ ވެފައެވެ. މި ވަޢުދުތައް ފުއްދުމަކީ ދީނީގޮތުންނާއި، ދުނިޔަނީގޮތުން އިލްޔާސްގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެހެންކަމުން މިކަންތައްތައް އަދާކޮށްދިނުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނެކަމަށް އުންމީދު ކުރަމެވެ. އަދި، މިވައުދު ތަކަކީ ހަމައެކަނި، އިލެކްޝަން ކާމިޔާބުކުރުމަށް ބޭނުންކުރި ވަޢުދުތަކެއްކަމުގައި ނުހެއްދެވުމަށްވެސް އިލްޔާސަށް އިލްތިމާސްކޮށް އަރުވަމެވެ.

އެނގިވަޑައިގަންނަވާނެފަދައިން، އިލްޔާސް ފަދައިން، އެމް.ޑީ.ޕީގެ ފަރާތުން މަޖިލީހަށް މިފަހަރު ކުރިމަތިލެއްވި ހުރިހާ ބޭފުޅުންވެސް ބުނަމުންއައީ، ތިމަންނާމެން އެމް.ޑީ.ޕީގެ ޓިކެޓްގައި ނިކުތީ ސަރުކާރުހިންގާ ޕާޓީއައް، އެބޭފުޅުންގެ ވައުދު ފުއްދުމަށް އެހީތެރިވުމަށެވެ. އަދި، އެމް.ޑީ.ޕީގެ ފަސް ވައުދު ފުއްދޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންކަމަށް ޚުދު ރައީސުލް ޖުމުހޫރިއްޔާވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ޑީ.އާރ.ޕީ ޕީއޭ ކޯލިޝަން ވަނީ މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ. އެހެންކަމުން ރަޢީސު ނަޝީދުގެ ޢިބާރާތުންނަމަ، މިހާރު މިވީ ގޮތުން އެމް.ޑީ.ޕިގެ ވައުދު އެމް.ޑީ.ޕީއަކަށް ނުފުއްދޭނެއެވެ. އެހެންކަމުން އިލްޔާސް ލަބީބު ހުޅުމީދޫ ރައްޔިތުންނަށް ފުއްދަދޭންބުނި ވަޢުދުތައް ފުއްދުމަކީ ނާޛިރުކަމެއްކަމުގައި ދެކެމެވެ. ނަމަވެސް އަޅުގަނޑު އިލްޔާސަށް އިލްތިމާސް ކުރަންއޮތީ، ރައްޔިތުންނަށް ބޭވަފާތެރިވުމުގެ ބަދަލުގައި، ހަޤީޤަތް ހާމަކޮށް މަޖިލީހުގައި ހިނގާ ނުހިނގާ ރައްޔިތުންނަށް ވެބްސައިޓެއްގެ ޒަރީއާއިންނަމަވެސް އާންމުކޮށް އެނގޭނެގޮތެއް ހެދުމެވެ. މިހެން ހެދުމުން، އިލްޔާސް މަޖިލީހުގައި ކުރާމަސައްކަތަކީ، ރައްޔިތުންނަށް ކިހާ ފައިދާހުރިކަމެއްތޯއާއި، އިލްޔާސްގެ ވައުދުތައް ފުއްދުމުގައި ކިހާހިސާބަކަށް އާދެވުނުކަން ރައްޔިތުންނަށް ފާޅުގައި އެނގެން ހުންނާނެއެވެ.

ކޮންމެއަކަސް، އިލްޔާސް މަޖިލީހުގައި ކަންތައްކުރާގޮތް، ރައްޔިތުންގެ ހައްޤުގައި، އަޅުގަނޑު ބަލަން ހުންނާނަމުއެވެ. އަދި، ކަމެއް ގޯސްކޮށްދާނަމަ މި ވެބުސައިޓް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކުންވިޔަސް އިލްޔާސަށް ހަނދުމަކޮށް އަރުވާނަމެވެ.

އަދިވެސް އެއްފަހަރު އިލްޔާސް ތިހޯއްދެވި ކާމިޔާބީއަށް ފަށްފަށުން ތަހުނިޔާ ދަންނަވަމެވެ،

-އައްޑޫ ޙަސަނު-

އައްޑުއަތޮޅު ހުޅުމީދުއަށް ފާގަތި މުސްތަޤުބަލަކަށް އެދޭ ރައްޔިތެއް.

21 comments:

  1. އިލްޔާސް ލަބީބަށް މަރުޙަބާ! މީދޫ މީހުންނަށް ރީދޫ ބަތްގަޑެއް ދިނީމާ ވޯޓް ދޭނެވާހަކަ އިލްޔާސް ވިދާޅުވި ދޮއްތޯ؟ އަވަހަށް މީދޫ މީހުންނަށް އެބަތްގަޑު ދީ.އެމީހުންތިބީ އެކާހިތުން ކެތްބަލިވެފާ.

    ReplyDelete
  2. ޝަމްސުއްދީން ސްކޫލް ދަރިވަރުންގެ މައިން ބަފައިންނާއި ދަޑުވެރިން ޒާހިދަށް ވޯޓް ނުދޭނެކަން އެގޭ އިރުވެސް ޒާހިދު ޚަރަދު ކުރީ .ޒާހިދުގެ ތިޔަހޭދައަކީ ގެއްލިގެން ދާނެ އެއްޗެއް ނޫން.މީދޫ މީހުން ތިޔަފަދަ އެހީއަކަށް ބޭނުމެއް ނުވާނެ. އިލްޔާސް ބުނިގޮތަށް އެމީހުންނަށް ރީދޫބަތްގަޑެއް މާމުހިންމު.ޒާހިދު ދެރަނުވޭ.ޒާހިދަކީ ވެސް އަދި ޒުވާނެ.ކުރިއަށް މުސްތަގް ބަލް އޮތީ.މިދުވަސްވަރު ކުރަންވީ ކަމަކީ ކޮމްޕިއުޓަރ ވިއްކާ ތަނެއް ހެދުން.އައިކަން ފަދަ ތަންތަނުން ބްރޭންޑް ތަކެތި ގަނެގެން ވިއްކިޔަސް މެގަޗިޕަށްވުރެ އަގުހެޔޮކޮށް ވިއްކައިގެން ބޮޑުފައިދާ ނެގޭނެ.

    ReplyDelete
  3. ސަރިއްޔާ ތިޔަކޮށްދެއްވި ބުރަމަސައްކަތަށް ދެވެން އޮތީ ހަމަ އެކަނި ޝުކުރިއްޔާއެއް. އަޅުގަޑަކީ ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭމީހެއް.އަޅުގަޑު އިންނާނީ އެކުއްޖާއާ

    ReplyDelete
  4. ސާބަސް ނަޢީމާ.އަދިވެސް ޑޮލަރު ދޭނަން.

    ReplyDelete
  5. ކޮބާ އަފީފު އަފިރިޔަ ބެނިމާނުނީ ހުޅުދޫ މީހުން މީދޫ މީހަކާތް ވޯޓް ނިދޭޝިޔައު.މީދޫ މީހުންނަކީ މީދޫމީހަކާ ކުރިއަރާތް ނިއެދޭ މީހުން ތިބިރަށަށްކަން ނިދެނި ދީ. އެވެރިންނަކީ އެވެރިންގެ ދަރިންނަށް ނިލިބޭ ތައުލީމް އެހެން މީހަކާއް ލިބޭއް އެވެރިންނަށް ނިލިބޭ މަގާމް އެހެން މީހަކާތްލިބޭއް އެވެރިންނަށް ނިލިބޭ މުއްސަންތިކަން އެހެން މީހަކާތް ލިބޭއް ނިއެދޭ މީދޫ މީހުން . މިސަބަބާއިހެދި ހުޅުދޫ މީހުންނަށް މީދޫ މީހުން ވޯޓް ދިނީ

    ReplyDelete
  6. ސިޔާސީ ލީޑަރުންގެ ލިސްޓް
    ޑޮކްޓަރ ކުދުގޭ އިބްރާ
    ޑޮކްޓަރ ކުދުގޭ އަޙްމަދު
    ޑޮކްޓަރ ސަމްޕް ހަސަން
    ޑޮކްޓަރ ޢަބްދުއް ސަމީޢު (ނަފާ )
    ޑޮކްޓަރ ސަރިއްޔާ
    ޑޮކްޓަރ ނަޢީމާ

    ReplyDelete
  7. maruhabaaaa illyas

    ReplyDelete
  8. congra illata.kalo fuddha vaudhuves aharemen thibeynee balan.kon kameh bodu laari gandeh libeyne ennu.5 aharu hama veema annane aharen miulenee huni gendiah kuri mathi laigeney kiyaafa.

    ReplyDelete
  9. ilyas ge hurihaa vaudhu fuddan miharu fashaifi. heariga eoi resort hadan fesheenun. koba atoll office meedhu a gossitha? habaru libaygothun atoll office hifaigen hithadhoo meehun meedhua furaifi. IGMH ga huri hurihaa machine tha mirashuge hurihaa boat faharu thaka laafa fonuvaifi. male meehun ves bays kuran kuran daane then hulhu meedhu a. adi koba amerca ge harward university in seenu atoll madarusaa hingan havaluvaan vegen addua daadi demme aku furaifi. hulhudhoo law college ves hinganee Haward gardner uni in.


    mihurihaa sababuthakaa hedi izzatheri labeebuge izzatheri ilyas labeeba maruhaba.

    miharuves v ufavejje vaudhutha fuddan thikura masakatha. sabas izzatheri memberu....

    ReplyDelete
  10. maruhaba ilyas....... meehun jay vegen ulhey than eba fene.... kurinves bunymennu hoveyneye...vaudhuves fudhane...emmen kiyany ma vote ly ilyas ashe...kihaa joke... vote nulaa meeheh nei..... hahahaha

    ReplyDelete
  11. heheheeheh
    vote dheynee kaakai illiyaasai nudhee
    ekamves vaudheivves nufudhdheyne
    drp othee kureega

    ReplyDelete
  12. Ilyas hovuneema inthihaa ah hithaama kuran.. eii eh gothakah ves alhugandu men kahala nikamethinge haalathu nuvisney beyfulhakah veetheeve.. ufan veessure ufalaa araamuga mussadhi kamuga ulhe bodu vi iru kihinehthoa engi vadai gannavaany ehen meehun thibee dhuvaalaku 3 iru kaigenthoa??

    ReplyDelete
  13. Kalomen reyga tvm habaru belintha????Habaru belinama fennaane Ilyas hoveema ekamun fenna faaidhaa..Hulhudhoomeedhoo Sihhee marukazu Hospitalaka hadhan Min. of Health medhuverivegen ekan kuria ebadhey..Adhi Ilyas e ulhenee huvaa nukurevigen..mhaarussurre mi fennanee vaudhutha fudhdhaathan..dhen kaleymen bunanee keekeytha???ehenve eyruves aharumen bunee feley meehun thibeynee aahirathugaves felenshey..Vaane kame nei..eothee hovaafa..huriha ufalakaa success othee hulhudhoomeedhoo rayyithunna..dhen bunelaanan vaahaka e? DRP ge Badhoo a vee varevves Shabadey aka nuvi..kekeke

    ReplyDelete
  14. ޑރ. އަފީފުގެ ސަޕޯޓަރުން
    އެކި މީހުންނާއި އިނދެ އެކިމީހުންނަށް ދަރިންދީ ދަރިންނަށް ހަރަދު ނުދޭ މުންތާޒު، ޝާތިރާ އާއި އިނދެ ޝާތިރާ އަށް ދެ ކުދިން ދީ ޝާތިރާ އެއްލާލި ޝާތިރު، ލަތީފާ އާއި އިނދެ ކުއްޖަކު ދީފަ އެއްލާލި ފަތުހު، އަފީފުގެ ކޮއްކޮ އާއި އިނދެ 4 ކުދިން ދީފަ އެއްލާލާފަ މިހާރު އެކުދިން ބޮޑުވެ އަމިއްލަ ފައި މަޢްޗަށް ތެދުވުނީމާ އައިސް ހުރި އައިސާގެ މުހަންމައިދީ. އަދިވެސް މިކަހަލަ ކިތަންމެ ނަމެއް. މީ އަފީފުގެ ނާކާމިޔާބީގެ ސިއްރަކީ.

    ReplyDelete
  15. ilyas hulhumeedhoo ge baivaru anhen kudhin na innan vauduvefa othee. mia aharu konme hafutha aku e faharu meehakaa inas ehurihaa kudhin na inde nunimayne.
    adi koba e/ee v ragalhu kameko e anhen kudhinge amain bunanee. konme meeharu daria hodiyas 18 yrs fahun vote laan baivaru darin thibayne yo.... hulhudhoo meehun abaadhee control kogen ulhaythee ehenve ilyas kaiveni funye jehumuge rasmiyaath fashanee habaru libaygothun huludhoo kujakun.....

    ReplyDelete
  16. LOL.. by the way, is he single :)

    ReplyDelete
  17. ey kobaatha party. maree kuran bunefa egeyge meehunves hadhdhaalee dho. dhen kuraane kamei nei

    ReplyDelete
  18. Ali Fauzy ge anhenunna inun emme furathama maruhalaa akee..eyna mihaaru Ali fauzy kairin vari vaan vegen ulhenee..kekek

    ReplyDelete
  19. kaakutha maree nuvegen miulhenee? ekeekeee liyevey echehi furathama balaafa meehuna dhakaaba.

    "Your Havaadha Gudhan"

    ReplyDelete
  20. konme firihenkaah 4 ahnhenun huadha :)

    Rey

    ReplyDelete