Tuesday, June 16, 2009

ޅުމީދޫ މެމްބަރު އިލްޔާސްލަބީބުގެ ވަޢުދުގެ ހާރުން ވަޢުދެއް


ހުޅުމީދޫގެ ލޮބުވެތި ރައްޔަތުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ވޯޓްދީގެން ނިމިދިޔަ މެއިމަހުގެ 9 ވަނަ ދުވަހު ރައްޔަތުންގެ މަޖިލިސްގެ ހުޅުމީދޫ ގޮޑިޔަށް ކުރިޔަށް އޮތް 5 އަހަރަށް ހުޅުމީދުއަށް އުފަން އިލްޔާސް ލަބީބް ހޮވާފައިވަނީ ވަރަށް ފޮނި އުމީދަކާއި އަދި މިދެރަށުގެ މުސްތަގުބަލަށްޓަކައި ފިސާރިކެރިގެންނެވެ. ޖުމުލަ 12 ކެންޑިޑޭޓަކު ވާދަކުރި މި އިންތިޙާބުގައި އިލްޔާސް ލަބީބު ގޮޑި ކާމިޔާބު ކުރެއްވީ އެބޭފުޅާއާއި ވާދަކުރެއްވި 11 ކެންޑިޑޭޓުން ފަހަތަށް ޖެއްސެވުމަށްފަހު 1115 ވޯޓް ހޯދައިގެން ވަރަށް މަތީ އަޢުލިބިއްޔަތަކުންނެވެ. ބަލާލަން ވަރަށް ރީތި އަދެއް ދެއްތޯ !!!!!

ކެމްޕެއިން ދުވަސްވަރު 12 ކެންޑިޑޭޓްން ތަފާތު ވައުދުތައް ކުރަށްވަމުން ދިޔައިރު އިލްޔާސް ލަބީބު ދިޔައީ އާދަޔާޙިލާފު ގިނަ ވައުދުތަކަކުން ރައްޔަތުންގެ ކަރަށް ފިއްތަވަމުންނެވެ.މިތާގަ ކޮންމެހެން އެވައުދުތަކާއި އަހުދުތައް ބަޔާން ނުކުރިޔަސް ރައްޔަތުންނަށް ވަރަށް ރަގަޅަށް އެވައުދުތަކަކާއި އަހުދުތަކަކީ ކޮބައިކަން އެގިވަޑައިގަންނަވާނެއެވެ. ރައްޔަތުންގެ މަޖިލިސްގެ މެމްބަރުކަމުގެ ހުވާކުރެއްވުމަށްފަހު މަޖިލިސްގައި އެބޭފުޅާ ހުންނަވާތާ މިއަދަށް މިވީ 19 ދުވަހެވެ. 19 ދުވަހަކީ ގިނަދުވަސްތަކެއް ނޫނެވެ. އެހެންނަމަވެސް ވީ ވައުދުތައް ފުއްދަވަން މަސައްކަތް ފަށާއިގަންނަން ވެއްޖެކަމަށް ގަބޫލުކުރެވެއެވެ.

އިލްޔާސް ލަބީބުގެ ކެމްޕެއިންދުވަސްވަރު ވައުދުތައް ރައްޔަތުންގެ ބޮލަށް އޮށްސަވަމުން ދިޔައިރު އަޅުގަޑުގެ ކަންފަތުގައި އެންމެ ބޮޑަށް އަޅާއިގަތީ އެބޭފުޅާއާއި ރައްޔަތުންނާއި ދެމެދު އަޅާލެވޭ ފާލަމެއްގެ ގޮތުގައި ރައްޔަތުންގެ އަޑު އެއްސެވުމަށްޓަކައި ރަސްމީ އޮފީހެއް ހުޅުމީދޫގައި ގާއިމުކުރާނެކަމަށް ވީ ވައުދެވެ. ވަރަށް ރަގަޅުވާހަކައެކެވެ. ރައްޔަތުންގެ އަޑު އަބަދުވެސް އިވޭކަހަލަ ގޮތަކް ރަށްޔަތުން ބޭނުންވާ މެސެޖުތަށް އަބަދުވެސް މެމްބަރުގެ އަރިއަހަށް ފޮނުވޭފަދަ އިންތިޒާމެއްގެ ދަށުން މެމްބަރުގެ އޮފީހެއް ހުޅުމީދޫގައި ހުރުމަކީ ހަމަ ކޮންމެހެންވެސް މުހިންމުކަމެކެވެ. އެހެންނަމަވެސް 19 ދުވަސް ވެގެންދިޔައިރު އެބޭފުޅާގެ ފަރާތުން އެކަހަލަ ސިގުނަލެއް ފެންނަވަރެއްނުވެއެވެ. ބޭނުންވެއްޖެ ކޮންމެ ކަމެއް ބޭނުން ކޮނެމެ ގަޑިއަކު ކުރުމުގެ ގާބިލްކަމާއި ތަނަވަސްކަން އެބޭފުޅާއަށް ލިބިފަ ހުރިކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އެބޭފުޅާގެ އޮފީހެއް ހުޅުމީދޫގައި އަދި ނުހުޅުވޭތާގަ މަޖިލީހަށް ހުށަހެޅުނު އަދި ހުށަހެޅޭ ބިލަކާއި ބެހޭގޮތުން ދެރަށުގެ ރައްޔަތުންނާ ބައްދަލުކޮށް ޙިޔާލެއްވެސް ހޯދާފަ ނެތްކަމީ ވަތިވެޑީގެ ފަރާތުން ކަންބޮޑުވާކަމެކެވެ.ފަހަރެއްގަ އަހުމަދުބޭބެއާއި މޫސަބެގެ ޙިޔާލެއް ކަމެއްގައި ނުހޯދާކަމެއްނޭގެއެވެ. މާލޭގައި ދިރި އުޅެމުންދާ 60% ވުރެ ގިނަ ހުޅުމީދޫ ރައްޔަތުންނާ ބައްދަލުކޮށް މަޖިލީހުގެ ކަމަކާއި ޙިޔާލު ފާޅުކޮށް ރައްޔަތުންނާއި ހިއްސާކޮށް ވާހަކަ ދެކެވިފަ އޮތްނަމަ މިއަދު މިވާހަކަ ލިޔަން އަޅުގަޑަށް ތަންކޮޅެއް އުދަގޫވެދާނެއެވެ.

ނިމިދިޔަ އިންތިޙާބުގައި އިލްޔާސް ލަބީބު ނިސްބަތްވާ އެމް.ޑީ.ޕީ ގެ ފަރާތުން ފޯއްމުލަކުގެ މެދުދާއިރާއަށް ކުރިމަތިލެއްވި ޝިފާގު މުފީދު ނުވަތަ ހިސްޓޯ ވަނީ މަޖިލިސް ހުވާކުރި ހަފުތާގައި ރަށަށް ވަޑައިގެން އެބޭފުޅާ ތަމްސީލުކުރައްވާނެ އޮފީހެއް މުލަކުގައި ހުޅުވާ އެތަނަށް އިދާރީގޮތުން ބޭނުންވާނެ މުވައްޒަފުން ހަމަޖައްސައި، އެތަނުން މުހިއްމު ކަންތައްތަކެއް ރައްޔަތުންނަށް ފޯރުކޮށްދޭން ފަށާފައެވެ. އަދި ރަށުގެ ރައްޔަތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭއީސީ ދަރިވަރުންނަށް ތިމާވެށީގެ ބައްދަލުވުމަކާއި އަދި ޑީސެންޓަރަލައިޒް ކުރުމާއި ބެހޭގޮތުން މުޅިރަށަށް އަމާޒުކޮށްގެން ބޭއްވެވި ބައްދަލުކުރެއްވުމަކީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މިވީ ކުޑަ ދުވަސްކޮޅުތެރޭ ކުރެވިފައިވާ ފާހަގަ ކުރެވޭ ކަންތައްތަކެވެ. މިތާގައި ޝިފާގު މުފީދު ގެ ވާހަކަ ލިޔެލީ ކުޑަ މުއްދަތެއްގެ ތެރޭގައިވެސް ކަންކުރެވިދާނެކަން ރައްޔަތުންނަށް ބުނެދިނުމުގެ ބޭނުމުގައެވެ. ސުވާލަކީ އިލްޔާސް ލަބީބަށް މިވަރު ވެސް ހުޅުމީދުއަށް ނުކުރެވިގެން އުޅެނީ ކީއްވެގެންތޯއެވެ؟ ހަމަ އިލްޔާސް ލަބީބު ނިސްބަތްވާ ޕާޓީގެ ބޭފުޅަކަށްވެފަ، އުމުރުންވެސް ދާދި އެއްވަރުވެފަ ދެބޭފުޅުންގެ ޙިޔާލުވެސް ޒަމާނާއި އެކުވެފަ ފިކުރުވެސް އެއްގޮތް ވާއިރު ޝިފާގު މުފީދު ކުރިވަރު އިލްޔާސުއަށް ނުކުރެވުމަކީ ވިސްނާލަންޖެހޭނެކަމެކެވެ. އެގޮތަކަށް ވެސް އިލްޔާސް ލަބީބު އާއި ޝިފާގު މުފީދު އަޅާކިޔަނީއެއް ނޫނެވެ.އިލްޔާސް ލަބީބަށް އަންހެން ކުދިން ކާމިޔާބުވާ ވަރަކަށް ޝިފާގު މުފީދަކަށް އަންހެން ކުދިން ކާމިޔާބު ނުވާނެކަން އަޅުގަޑަށްވެސް އެގެއެވެ.

ފާޑުފާޑުގެ އެލަވަންސްތަކާއި، އާއިލާފުޅުގެ ބޭފުޅަކު ބަލިވެއްޖެނަމަ އާސިޔާންގެ ގައުމަކުން ބޭސްފަރުވާކުރެވުމާއި މަހެއްގެ މައްޗައް އެ ލިބޭ މުސާރަފުޅަކީ އިއްޒަތްރެރި މެމްބަރު، ކެމްޕއިންތެރޭގައި ވީ ވައުދު ހަދާންނެތިކޮށްލުމަށް ދިއްކުރާ ބަހަނާއަކަށް ނުހެއްދެވުމަކީ އަޅުގަޑުގެ ވަރަށްބޮޑު އެދުމެކެވެ. މަޖިލީހުގެ ގޮޑިއަކަށް އިއްޒަތްތެރި މެމްބަރު ހޮއްވަވާ ދެއްވީ ހުޅުމީދޫގެ ލޮބުވެތި ރައްޔަތުންނެވެ. ގޮޑި ލިބިވަޑާއިގަތީ ހަމަ އެކަނި ތި ބޭފުޅާގެ އެކަނި ވޯޓަކުން އަދި ރައްޓެހިންނާއި އާއިލާގެ ބޭފުޅުންގެ އެކަނި ވޯޓަކުންނެއްނޫނެވެ. މުޅި ރައްޔަތުންގެ ވޯޓުންނެވެ. އަޅުގަޑުގެ އިލްތިމާސަކީ ރައްޔަތުންގެ މަތިން ހަދާންނެތި ނުކުރަށްވާ ފުރުސަތު ލިބުނު ވަރަކުން ހުޅުމީދުއަށް ވަޑައިގެންރައްޔަތުންގެ ހާލު ބައްލަވާ އެއްކަލަ ބަހުސްގައި ވިދާޅުވިފަދައިން އެބޭފުޅުންގެ ވިންދަކީ ކޮބައިތޯބެލުމެވެ. އަދި ވައުދު ވީފަދައިން ހުޅުމީދޫގައި އިޒަތްތެރި މެމްބަރުގެ ރަސްމީއޮފީހެއް ހުޅުވާ ރައްޔަތުންގެ އަޑުއައްސަވާ ކަންތައްތަކާއިމެދު ރައްޔަތުންގެ ޙިޔާލު ހޯދައިގެން މަޖިލީހުގައި ވަކާލާތު ކުރުމަށް ހަރު އަޑުން ގޮވާލަމެވެ. ހަމައެކަނި އަހުމަދުބޭބެއާއި މޫސާބޭބޭގެ ޙިޔާލު ހޯދައިގެން ކަމަކުނުދާނެއެވެ.

ތިން އިރު ރާރުކަކަށް އަރާހެން ކެމްޕެއިންތެރޭ ހުޅުމީދުއަށް ވަޑާއިގަތް ގޮތަށް މިހާރުވެސް ވަޑާއިގެން ވީ ވައުދުތަށް ފުއްދަވަން އެޅެންހުރި ފިޔަވަޅުތަށް މިހާރުން މިހާރަށް އެޅުމަށް ގޮވާލަމެވެ. ސިޔާސީ ދާއިރާގައި ހޭދަ ކުރައްވާ ހަމަ އެކަނި 5 އަހަރަކީ މި 5 އަހަރު ކަމުގައި ނުހައްދަވާ ޒުވާން ދުވަސްވަރު ސިޔާސީ ދާއިރާއަށް ވަދެވުމުން އެކަމާ ފަޙުރުވެރިނުވެ އަބަދުވެސް ސިޔާސީ ދާއިރާގައި ދެމި ހުރުމަކީ އަޅުގަޑުމެންގެ ދުޢާއެވެ. އެހެންނަމަވެސް އެއީ ރައްޔަތުންގެ ލޯބިލިބިގެން ކަން ޔަގީންކަށަވަރެވެ.އަދި ހަމަ އެގޮތަށް މާގިނަގިނައިން ރައްޔަތުން ނިޒާމީ ނުކުތާ ނަގަންޖެހިއްޖެނަމަ ދެންވާނެ ގޮތަކާއިމެދު އިއްޒަތްތެރި މެމްބަރު ވިސްނާނެކަމަށް އަޅުގަޑުމެން އުއްމީދުކުރަމުން މި ހިގަމުންދާ 5 އަހަރު ނިމޭނެކަންވެސް އިއްޒަތްތެރިމެމްބަރަށް ހަދުމަކޮށްދެމެވެ.

2 comments:

  1. fuk u..isthiufaa!!

    ReplyDelete
  2. ހުޅުމީދޫގެ އެއްމެ ތާޒާ ޚަބަރު ބެއްލެވުމަށް www.vathivedi.blogspot.com އަށް ޒިޔާރަތް ކޮށްލައްވާ!

    ReplyDelete